ސޮނީން ފުރަތަމަ ކުއާޓަރުގައި 2.4 މިލިއަން ޕީއެސް5 ވިއްކައިފި

ސޮނީގެ މަގުބޫލުކަން ދުވަހެއްދުވަހަކަށްދަނީ އިތުރުވަމުން ---

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސޮނީ ގްރޫޕުގެ ޕްލޭ ސްޓޭޝަން ފަހެއްގެ 2.4 މިލިއަން ކޮންސޯލް ވިއްކައިފިއެވެ.

މިއީ އެ ކުންފުނިން ކުރިން އަންދާޒާ ކުރި ވަރަށް ވުރެ ތިން މިލިއަން ޔުނިޓު ދަށް އަދަދެކެވެ.

ކުރިން އަންދާޒާ ކުރިވަރަށް ޕީއެސްގެ ވިޔަފާރި ކުރިނޭރިޔަސް ޖޫން މަސް ނިމުނުއިރު ސޮނީގެ ޕްލޭސްޓޭޝަން ސެކްޝަނަށް ރަނގަޅު ފައިދާއެއް ވަނީ ލިބިފައެވެ. މި ފައިދާ އިތުރުވެފައިވަނީ ފުރަތަމަ ޕާޓީގެ އަދި އޮންލައިން މަލްޓިޕްލޭއާ ގޭމްތަކުގެ ކާމިޔާބީގެ ސަބަބުންނެވެ. އަދި، ޔެން ދަށަށް ދިއުމުގެ ސަބަބުން ވެސް މި ސެކްޝަނަށް ފައިދާ ލިބިފައިވާ ކަމަށް ސޮނީން ބުނެއެވެ.

ޖުމްލަ ގޮތެއްގައި ސޮނީ ގްރޫޕްގެ ފައިދާ ވަނީ ކުރިން ލަފާކުރި މިންވަރަށްވުރެ އިތުރުވެފައެވެ. ޖޫން މަހުގެ ނިޔަލަށް، ނިމުނު ތިން މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުމުގެ ފައިދާގެ ގޮތުގައި 279.1 ބިލިއަން ޔެން (ގާތްގަނޑަކަށް 1.9 ބިލިއަން ޑޮލަރު) ލިބިފައިވާ ކަމަށް ސޮނީން ބުނެއެވެ.

މިއީ ކުރިން ލަފާކުރި 273.9 ބިލިއަން ޔެނަށްވުރެ އިތުރު އަދަދެކެވެ.

މި ނަތީޖާތަކާ ގުޅިގެން ސޮނީން ވަނީ މި މާލީ އަހަރު ނިމޭއިރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީ އަދި ފައިދާގެ އަދަދުތައް މަތިކޮށްފައެވެ. އެ ގޮތުން، މުޅި އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީ 12.6 ޓްރިލިއަން ޔެނަށް އަދި ހިންގުމުގެ ފައިދާ 1.3 ޓްރިލިއަން ޔެނަށް އިތުރުކޮށްފައިވެއެވެ.

ވޭތުވެދިޔަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ސޮނީގެ މިއުޒިކް ސެކްޝަނުންނެވެ. މި ގޮތުން، ސުޕަސްޓާ އާޓިސްޓުންގެ ފިލްމުތަކާއި އެނިމޭޝަން ފިލްމުތަކުގެ އާމްދަނީ އިތުރުވެފައިވެއެވެ. މީގެ އިތުރުން، ލައިވް އިވެންޓްތަކުން ލިބުނު ފައިދާ ވެސް އިތުރުވެފައިވާ ކަމަށް ސޮނީން ބުނެފައިވެއެވެ.

ސޮނީގެ އިމޭޖިން ސެކްޝަނުން ފޮޓޯ ސެންސާތައް ހެދުމުގައި ތަފާތު ސަމާލުކަމެއް ލިބިފައިވާކަމަށް ބުނެފައިވާއިރު، މި ދާއިރާއިން ވީހާ ވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް ސޮނީން ބުނެފައިވެއެވެ.

ދުނިޔޭގެ ސްމާޓްފޯން މާކެޓް ސޮނީގެ ސްމާޓްފޯނުތައް ވަކި މިންވަރަކަށް ދަށަށް ގޮސްފައިވާކަމަށް ތަޖުރިބާކާރުން ފާހަގަކުރާއިރު، ވޭތުވެދިޔަ ކުއާޓަރުގައި ސޮނީގެ ސޭލްސް ހަ އިންސައްތަ އިތުރުވެފައިވެއެވެ.

ސޮނީގެ ސެންސާތައް ބޭނުންކުރާ ޝިއޯމީ އަދި ވީވޯ ފަދަ ކުންފުނިތަކުން މި ދާއިރާއަށް ބޮޑު އިންވެސްޓެއް ކޮށްފައިވާކަމަށް ސޮނީން ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ސޮނީގެ އިމޭޖިން ސެކްޝަނުގެ ސޭލްސް އިތުރުވެފައިވާކަމަށް ބެލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް