ފުލެޓު ގަންނަން ބޭނުންވާ މީހުންނަށް އެމްއައިބީން ލިވިން އެކްސްޕޯގައި މައުލޫމާތު ދެނީ

އެމްއައިބީ ހެޑް އޮފީސް: ލިވިން އެކްޕޯގައި ފުލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އެމްއައިބީން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުނެފި -- ފޮޓޯ: އެމްއައިބީ

މިއަހަރު ބާއްވާ ލިވިން އެކްސްޕޯގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސްޓޯލުން ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ގިނަ މައުލޫމާތުތަކެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

މި އަހަރުގެ ލިވިން އެކްސްޕޯގައި އެމްއައިބީއިން ބައިވެރިވާއިރު، މި އެކްސްޕޯ އޮންނާނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި އެކްސްޕޯ ހުޅުވާފައި ހުންނާނީ ހަވީރު 16:00އިން 18:00އަށް އަދި ރޭގަނޑު 20:00އިން 23:00 އަށެވެ.

އެ އެކްސްޕޯގައި އެމްއައިބީ ސްޓޯލުން ޚާއްސަ އިސްކަމެއް ދީގެން ހައުސިން ފައިނޭންސިންއާ ބެހޭ މައުލޫމާތު ލިބޭނެ ކަމަށް ބުނެފައިވެއެވެ. އޭގެތެރޭގައި ހުޅުމާލެއިން ނުވަތަ އެހެން ރަށަކުން ފްލެޓެއް ގަންނަން ބޭނުންވާ ފަރާތްތަކަށް އެކަމާ ބެހޭ މައުލޫމާތު ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެމްއައިބީއިން ބުނީ ނިމިދިޔަ އަހަރުވެސް އެ އެކްސްޕޯގެ އެންމެ ތަރުހީބު ބޮޑުވި އެއްސްޓޯލަކީ އެމްއައިބީގެ ސްޓޯލް ކަމަށެވެ. އެހެންކަމުން މި އަހަރުވެސް ގިނަ މައުލޫމާތުތަކެއް އެ ސްޓޯލުން ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ބޭންކުން ދޭ އެކި ޚިދުމަތަށް އެދޭނެ ގޮތާއި އެކި ޚިދުމަތްތަކާމެދު ކަސްޓަމަރުން ސާފުކުރަން ބޭނުންވާ މައުލޫމާތުތަކަށް އެމްއައިބީގެ ކަމާބެހޭ މުވައްޒަފުން ޖަވާބުދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

comment ކޮމެންޓް