އުރީދޫގެ އަހަރީ ދުވަހާ ގުޅުވައި ރާއްޖޭގެ 60 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކޮށްފި

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާއި ގުޅުވައި ބޭއްވި ޕްރެސް ކޮންފަރެންސް: 60 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކޮށް އިތުރު އާ ޚިދުމަތްތަކެއް ވަނީ ތައާރަފުކޮށްފައި -- ސަން ފޮޓޯ/ އަމަން

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައި 60 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކޮށް، އިތުރު އާ ޚިދުމަތްތަކެއް ތައާރަފުކޮށްފިއެވެ.

މިކަން އިއުލާނުކޮށްފައި ވަނީ ރޭ އުރީދޫގެ އަހަރީ ދުވަހާ ގުޅުވައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

އުރީދޫން އަލަށް ތައާރަފުކުރި ޚިދުމަތްތަކާ ގުޅޭގޮތުން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލުމުގައި އުރީދޫން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، އުރީދޫ 5ޖީ މިހާރު ރާއްޖޭގެ 60 އިންސައްތައަށް މިހާރު ލިބޭނެ ކަމަށެވެ.

އެ މަސައްކަތުގެ ފޭސް ތިނެއްގައި 100 އިންސައްތަ ކަވަރޭޖް ހާސިލްކުރެވޭނެކަން ފާހަގަކޮށް އުރީދޫން ބުނީ ހަލުވި ސްޕީޑާއި، ލެޓެންސީ ދަށްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5ޖީ ނެޓްވޯކެއް ލިބޭނެކަމަށެވެ. މި ޚިދުމަތް 22 ރަށަކާއި ފަސް ރިސޯޓަކަށް ވަނީ ފުޅާވެފައެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާއި ގުޅުވައި ބޭއްވި ޕްރެސް ކޮންފަރެންސް: އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ޚަމަދީ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ އަމަން

ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ޚަމަދީ ވިދާޅުވީ، ދުނިޔެއަށް ޓެކްނޮލޮޖީ ފުޅާވެގެންދާއިރު ލިބޭ ޚިދުމަތްތައް ރާއްޖެއަށް ވެސް ގެނެސްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އުރީދޫން ކޮށްދޭނެ ކަމަށެވެ.

ލޯޔަލް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އިތުބާރާއި އެއްބާރުލުމަށް ޝުކުރު އަދާކުރަން. ކުރިއަށް އޮތްތަނުގައި ވެސް އާ އީޖާދީ ޓެކްނޮލޮޖީ ތައާރަފުކޮށް ފުޅާކުރުމަށް މަސައްކަތްކުރާނަން، އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ޚަމަދީ

މީގެ އިތުރުން ވެސް އެ ކުންފުނިން ދޭ ގިނަ ޚިދުމަތްތަކެއް ފުޅާކޮށް، އަލަށް ވަނީ ގިނަ ޚިދުމަތްތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން:

1. ނުޖޫމް: ލޯޔަލްޓީ ޕްރޮގްރާމް

އުރީދޫގެ ލޯޔަލްޓީ ޕްރޮގްރާމް، ނުޖޫމް ފަރުމާކުރެވިފައި ވަނީ، ހުރިހާ ކަސްޓަމަރުންގެ ބައިވެރިވެވޭ ގޮތަށެވެ. ނުޖޫމްއާއެކު ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނަކާއެކު ޕޮއިންޓް ހޯދައި، އުރީދޫގެ ގިނަ ޚިދުމަތްތަކަށާއި ތާޑް ޕާޓީ އޮފާތަކަށް ރިޑީމް ކުރެވޭނެއެވެ. މި ޕްރޮގްރާމަކީ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. ނޫޖޫމް އަކީ އުރީދޫ ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ލޯޔަލްޓީ ޕްރޮގްރާމެކެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާއި ގުޅުވައި ބޭއްވި ޕްރެސް ކޮންފަރެންސް: އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ އަމަން

2. އާޗާ ސުޕަނެޓް އަދި އާޗާ އެއާފައިބާ: ޑެއިލީ ޑޭޓާ މިހާރު ފައިބާ ބްރޯޑްބޭންޑަށް

އުރީދޫގެ އާޗާ ސުޕަނެޓުން ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތަކެއް މިވަނީ ތައާރަފުކުރެވިފައެވެ. ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުން ގުޅިފައި ތިބުމަށާއި، ކޮންމެ ދުވަހަކު ވެސް މެދުނުކެނޑި އިންޓަނެޓްގެ ޚިދުމަތް ލިބުމަށް މި ޕްލޭންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެން ދާނެއެވެ. މި ކުރިއެރުމަކީ ރާއްޖޭގައި އެންމެ ފުރިހަމަ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުކުރެވުނު ބޮޅެކެވެ.

3. އޭއައި ޕޯސްޓްޕެއިޑް މެދުވެރިކޮށް ޕޯސްޓްޕެއިޑް ޕްލޭން ތައްޔާރުކޮށްލެވޭނެ

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކުރި އޭއައި ޕޯސްޓްޕެއިޑްއެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކަސްޓަމަރުންގެ ބޭނުންތަކާއި ބޭނުންކުރުމުގެ ވައްޓަފާޅިއަށް ފެތޭ ގޮތަށް ޕާސަނަލައިޒްޑް ޕޯސްޓްޕެއިޑް ޕްލޭންތައް ހެދުމަށް މި އިނޮވޭޓިވް ޚިދުމަތުން ލިބިގެންދާއެވެ. އޭއައި ޕޯސްޓްޕެއިޑް އާއެކު ކަސްޓަމަރުންނަށް ތަފާތު ފްލެކްސިބިލިޓީއާއި ވެލިއު ލިބޭ ގޮތަށް ޚާއްސަ ޕްލޭނެއް ބޭނުން ކުރެވޭނެއެވެ.

4. ހެއްސަ ޑޭޓާ: ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް

ހެއްސަ ޑޭޓާ އަކީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްއަށް ތައާރަފުކުރެވޭ ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ޕްލޭނެވެ. ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގިނަ ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް މި އޮފާއަކީ އިންޓަނެޓު ބޭނުން ކުރުމާއި ސްޓްރީމް ކުރުމާއި ޗެޓުކުރުމުގައި ލިމިޓަކާ ނުލައި ގުޅާލުމުގެ މިނިވަންކަން ފަހިކޮށްދޭ ޕްލޭނެކެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާއި ގުޅުވައި ބޭއްވި ޕްރެސް ކޮންފަރެންސް: އުރީދޫގެ ދަ އަލްޓިމޭޓް ޕްލެޔާއަށް ލިބޭ ޓްރޮފީ -- ސަން ފޮޓޯ/ އަމަން

5. އާޗާ ދަންދަން: ދަންވަރަށް ޚާއްސަ

ސޯޝަލް މީޑިއާގައި ދަންވަރު ވަގުތު ހޭދަކުރާ ފަރާތްތަކަށް ޚާއްސަ 'އާޗާ ދަންދަން'އިން ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑީއަގެ ގިން އެޕްލިކޭޝަންތަކަށް ޑޭޓާ އެލަވަންސެއް ލިބޭ އިރު، ދަންވަރު 1:00 އިން ފަތިހު 5:00 އަށް ލިބިގެންދާނެއެވެ. މި ޕްލޭންއާއެކު މެދުނުކެނޑި ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރެވޭނެއެވެ.

6. އެންޓަޓައިނިއާ: އެންޓަޓެއިންމަންޓް އާ ހަރުފަތަކަށް

މުނިފޫހިފިލުވުމުގެ ގިން އެޕްލިކޭޝަންތަކާއި އެޕްތައް ހިމެނޭ ހާއްސަ ޕޭޖެއް ކަމަށްވާ އެންޓަޓައިނިއާގައި ސޮނީލިވް އާއި ލަޔަންސްގޭޓް ޕްލޭ ހިމެނޭ ފިލްމު ޕެކް އޮޕްޝަންތަކުގެ އިތުރުން ސްނެޕްޗެޓާއި ޓިކްޓޮކްގެ ސޯޝަލް އެންޓަޓެއިންމަންޓް ޕެކްތައް ވެސް ހިމެނެއެވެ. މުނިފޫހިފިލުވުމުގެ ހުރިހާ ބޭނުންތަކެއް އެއްތަނަކުން ފުއްދައިދޭ ގޮތަށް އެންޓަޓެއިނިއާ ވަނީ ފަރުމާކޮށްފައެވެ.

7. އުރީދޫ ނޭޝަން: ގްލޯބަލް ފޭސްއޮފް

މިއީ 1919 ޑޮލަރުގެ ޕްރައިޒް ޕޫލަކާއެކު ރާއްޖެއާއި ގަތަރުގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތެކެވެ. އޮގަސްޓް މަހުގެ އަށް ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި އުރީދޫ ނޭޝަންގެ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން ދާއިރު، ޑިޖިޓަލް ބަދަލުތަކާއި، އީޖާދީ ހައްލުތަކާއި، ތަފާތު ޚިދުމަތުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް