މާލޭގެ ބުޅާތަކަށް ފަރުވާދީ، ރަޖިސްޓްރީ ކުރަން ފަށައިފި

ފްލީ ޓްރީޓްމެންޓް ދިނުމަށްފަހު، ބުޅާތައް ރަޖިސްޓްރީ ކުރަން ފަށައިފި-- ފޮޓޯ: މިނިސްޓްރޯ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ

މާލޭގައި އުޅޭ ބުޅާތަކަށް ފްލީ ޓްރީޓްމެންޓް ދިނުމަށްފަހު, ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ދިވެހި ޖަމިއްޔާއަކުން ފަށައިފިއެވެ.

"ފީލައިން ވެލްފެއާ އޯގަނައިޒޭޝަން"އިން ބުޅާތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް އިއްޔެ ފައްޓަވައިދެއްވީ އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާ އެވެ.

އެ ޖަމިއްޔާއިން ފުރަތަމަ ރަޖިސްޓްރީކުރީ މޭރީބްރައުން ރެސްޓޯރެންޓް ކުރިމަތީގައި އޮންނަ ޕާކިން ސަރަހައްދަށް އެއްވާ ބުޅާތަކެވެ. އެއީ މާލޭގައި އެއްތަނަކަށް އެންމެ ގިނައިން ބުޅާ އެއްވާ އެއް ސަރަހައްދެވެ.

އެ މަސައްކަތުގައި މިނިސްޓަރު ބައިވެރިވެވަޑައިގެން، ބުޅަލަށް ބޭސްދިނުމުގައި ބައިވެރިވެ، އެތަނުން އެއް ބުޅަލަކަށް "ގޯލްޑީގެ" ނަމުން ނަން ދެއްވިއެވެ.

ފީލައިން ވެލްފެއާ ޖަމިއްޔާގެ ރައީސް އަހުމަދު ވިޒަން (ޓިން) "ސަން"އަށް ބުނީ، މެރީބްރައުންގެ ޕާކިން ސަރަހައްދުގައި ބޮޑުވެފައިވާ 87 ބުޅަލާއި ކުޑަ 26 ބުޅާ އުޅޭ ކަމަށެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 17 ބުޅަލަށް "ކެއާ ފޯ ޕޯޒް" އެސޯސިއޭޝަންއިން ހަދިޔާކުރި ފްލީ ޓްރީމެންޓް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

ފްލީ ޓްރީޓްމެންޓް ދިނުމަށްފަހު، ބުޅާތައް ރަޖިސްޓްރީ ކުރަން ފަށައިފި-- ފޮޓޯ: މިނިސްޓްރޯ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ

ވިޒަން ބުނީ އިއްޔެ 80 ބުޅާ ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، ރަޖިސްޓްރީ ކުރި ބުޅާތައް ފާހަގަ ވާނެހެން ސީރިއަލް ނަމްބަރުގެ އިތުރުން އެ ބުޅަލެއްގެ ޚާއްސަ ނަމުން ޓެގެއް އަޅުވާފައިވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި މި ދުވަސްވަރު ބުޅަލުގެ މެދުގައި ބަލިތަކެއް ފެތުރެމުންދާ ކަމަށާއި އެކި ސަބަބުތަކާ ހެދި މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 160 އަށްވުރެ ބުޅާ މަރުވެފައިވާ ކަމަށެވެ.

ބުޅާތަކަށް ޖެހޭ ބައްޔަކީ އިންސާނުން ގަޔަށް އަރާ ބައްޔެއް ނޫން ނަމަވެސް، އާންމުން ގޮސް މިދުވަސްކޮޅު ބުޅާތަކުގައި އަތްލައި ނުހެދުމަށް އޭނާ އެދުނެވެ.

"އަޅުގަނޑުމެން ނަސޭހަތްތެރިވަން މިދުވަސްކޮޅު ބުޅާތަކުގައި އަތްލައި، ޕެޓް ނުކުރަން، އިންސާނުންގެ ފަރާތުން މި ބަލި ކެރީ ކުރާނެ، ބުޅަލަކަށް މި ބަލި ޖެހިއްޖެ ނަމަ ބަލިން ސަލާމަތް ވާން ވަރަށް އުނދަގޫ ވާނެ،" ވިޒަން ބުންޏެވެ.

އޭނާ ބުނީ އެ ޖަމިއްޔާއިން ހިންގާ މިފަދަ ކޮންމެ ހަރަކާތެއްގައި ވެސް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.

ވިޒަން ބުނި ގޮތުގައި މެރީބްރައުން ސަރަހައްދަށް ފަހު މާލޭގައި އެންމެ ގިނައިން ބުޅާ އެެއްވެ އުޅެނީ އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށެވެ. އެ ސަރަހައްދުގައި ގާތްގަނޑަކަށް 64 ބުޅާ އުޅޭ ކަމަށް އޭނާ ބުންޏެވެ.

https://sun.mv/194154

މާލެ ސަރަހައްދުގައި ބުޅާ ގިނަވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މި ސަރުކާރުން އަންނަނީ ހުޅުމާލެ ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީއެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް