ގައްދޫގައި ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން: ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގދ. ގައްދޫގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ، ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކު ހަމަ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. އެ މީހާ ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަަތު ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

މީގެ ދެ މަސް ކުރިން، 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް ވަނީ ފެނަމަތިވެފައެވެ. އެ މައްސަލައިގައި ހައްޔަރުކުރީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

https://sun.mv/192390

ފާހަގަކޮށްލެވޭ ގޮތުގައި ވޭތުވެދިޔަ ހަ އަހަރު ތެރޭ ޖިންސީ ކުށުގެ 2،169 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.

މި ގޮތުން، މިދިޔަ އަހަރު ވެސް 234 ޖިންސީ ކުށުގެ މައްސަލަ ހުށަހަަޅާފައިވާ ކަމަށް އެ ކޮމިޓީން ބުންޏެވެ.

comment ކޮމެންޓް