ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އަނެއްކާވެސް ރޭގައި ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލާފައި--- ފޮޓޯ/ ސޯޝަލް މީޑިއާ

އަމީނީމަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް މިދިޔަ ހޯމަ ދުވަހުގެ ރޭ ތަޅާލި މައްސަލައިގެ ތުހުމަތުގައި މިއަދު މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ 48 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައި ވާކަމަށެވެ.

މީގެ ހަތަރު ދުވަސް ކުރިން ހިނގި މިހާދިސާގައި މީހަކު ހައްޔަރު ކޮށްފައި ވާއިރު ރޭވެސް ވަނީ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލާފައެވެ. ނަމަވެސް ރޭ ކުރި އެ ކުށާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

އިސްރާއީލުން ފަލަސްތީނަށްދޭ ހަމަލާތަކާ ގުޅިގެން އިސްރާއީލަށް ތާއިދުކުރާ ނުވަތަ އެ ގައުމާ ގުޅުން ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރުމުގެ ހަރަކާތްތައް ދޭތެރެއަކުން ކުރިއަށް ގެންދެއެވެ. އެގޮތުން މާލޭގައި ހިންގަމުން އަންނަ ޕިއްޒާ ހަޓަށް މީގެ ކުރިން ކަޅުތެޔޮ ޖަހައިފައިވެއެވެ.

comment ކޮމެންޓް