މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރަން މަޝްވަރާކޮށްފި

ލޯކަލް ގަވާނަންްސް މިނިސްޓަރު އާދަމް ޝަރީފް--- ފޮޓޯ/ މިނިސްޓްރީ

މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރުމަށް އިމިގްރޭޝަނާއިއެކު މަޝްވަރާ ކުރާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ މި މަޝްވަރާ ކުރއްވާފައި ވަނީ މިއަދު ބޭއްވި ލޯކަލް ގަވަމެންޓް އޮތޯރިޓީ އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ކަމަށެވެ.

މި މަޝްވަރާތަކާ ގުޅިގެން ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައެވެ. އެގޮތުން، މޭޔަރުންނާއި ކައުންސިލަރުންނަށް ޕާސްޕޯޓުދޭން ނިންމައިފި ނަމަ ޕާސްޕޯޓް ގަވާއިދަށް ބަދަލު ގެންނަން ޖެހޭ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. ޕާސްޕޯޓު ގަވާއިދުގައި ވާގޮތުން ޑިޕްލޮމެޓިކް ޕާސްޕޯޓު ދެވޭ މީހުންގެ ތެރޭގައި އަތޮޅު ކައުންސިލުގެ މޭޔަރުންނާއި ކައުންސިލްތަކުގެ މެންބަރުން ނުހިމެނެއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވާ މިނިސްޓަރު މިއަދު "ސަން"އަށް ވިދާޅުވީ މޭޔަރުންނާއި ކައުންސިލަރުންނަކީ ރައްޔިތުން ވޯޓުދީގެން ހޮވާފައި ތިބޭ ބައެއް ކަމުގައެވެ. އެހެންކަމުން އެބޭފުޅުންނަށް ޑިޕްލޮމެޓިކް ޕާސް ޕޯޓު ލިބެންނުޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް މިސްޓަރު ވިދާޅުވިއެވެ.

މިހާރު ގަވާއިދުގައި އޮންނަ ގޮތުން ޑިޕްލޮމެޓިކް ޕާސްޕޯޓް އޮންނާނީ ރައިސް އަދި ނައިބު ރައިސާއި އާއިލާ އަދި ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭހެން ސަރުކާރުގެ އިސް ވެރިންގެ އަތުގައެވެ.

އެއްވެސް ބޭނުމެއް ނެތް ކަމެއް ކަމަށް ބުނެ ބައެއް މީހުން މިކަމަށް ފާޑުކިޔާ އިރު، މިކަމާއި ގުޅުވައިގެން މިނިސްޓަރު ވިދާޅުވީ ޓވީޓް ކުރުމުގެ ބޭނުމަކީ ރައްޔިތުން މިކަމާމެދު ދެކޭ ގޮތް އޮޅުން ފިލުވުން ކަމަށެވެ.

comment ކޮމެންޓް