ނޭޕާލްގެ އައު ބޮޑުވަޒީރަށް ރައީސްގެ މަރުހަބާ، ވިދާޅުވީ ގުޅުންތައް ބަދަހިކުރުމަށް އެއްބާރުލުން ދެއްވާނެކަމަށް

ނޭޕާލްގެ އައު ބޮޑުވަޒީރު ކަޑްގާ ޕްރަސާދް ސޮރްމާ އޮލީ---

ނޭޕާލްގެ އައު ބޮޑުވަޒީރަކަށް ކަޑްގާ ޕްރަސާދް ސޮރްމާ އޮލީ އިންތިޚާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.

އައު ބޮޑުވަޒީރު އިންތިޚާބުވުމާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބޮޑުވަޒީރުކަމަށް އޮލީ އައްޔަން ކުރެވުމުން މަރުހަބާއާއި ހެޔޮ އެދުންތައް އަރިސްކުރާ ކަމުގައެވެ.

އަދި ރާއްޖެއާއި ނޭޕާލް ރައްޔިތުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތަކަށް އެއްބާރުލުންދީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް އޮލީއާއެކު މަސައްކަތްކުރުމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމުގައި ރައީސް ލިޔުއްވާފައި ވެއެވެ.

އުމުރުން 72 އަހަރުގެ އޮލީ ނޭޕާލްގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަންނަވާ މިއީ ހަތަރު ވަނަ ފަހަރެވެ. މިފަހަރު އޮލީއަށް ބޮޑުވަޒީރު ކަމުގެ މަޤާމު ލިބިވަޑައިގެންނެވީ އެ މަޤާމު ފުުރުއްވަމުން ގެންދެވި ޕުސްޕާ ކަމަލް ދަހަލްގެ ސަރުކާރު ރޫޅުމުގެ ސަބަބުން އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ފާސް ކުރުމާ ގުޅިގެންނެވެ.

comment ކޮމެންޓް