ފެނާއި ސާފުތާހިރުކަމަށް ހޭލުންތެރިކުރަން ތުޅާދޫގައި ޓްރެއިނިން ވޯކްޝޮޕެއް ބާއްވައިފި

ތުޅާދޫގައި ބޭއްވި މަލްޓި ސްޓޭކް ހޯލްޑާ ވޯޓާ ސެނިޓޭޝަން އެންޑް ހައިޖީން ސޯޝަލް އޮޑިޓް އަދި އެޑްވޮކޭޝަން ޓްރެއިނިން ވޯކްޝޮޕްގެ ތެރެއިން -----

ބ. ތުޅާދޫގައި މަލްޓި ސްޓޭކް ހޯލްޑާ ވޯޓާ ސެނިޓޭޝަން އެންޑް ހައިޖީން ސޯޝަލް އޮޑިޓް އަދި އެޑްވޮކޭޝަން ޓްރެއިނިން ވޯކްޝޮޕެއް ބާއްވައިފިއެވެ.

މި ވޯކްޝޮޕަކީ ފެނާއި ސާފުތާހިރު ކަމާ ބެހޭ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ހައެއް (އެސްޑީޖީ) ހާސިލްކުރުމަށް އެހީވުމަށް ބޭއްވި ދެ ދުވަހުގެ ވޯކްޝޮޕެކެވެ.

ފްރެޝްވޯޓާ އެކްޝަން ނެޓްވޯކް ސައުތު އޭޝިޔާ (ފަންސާ މޯލްޑިވްސް) ބޭއްވި މި ވޯކްޝޮޕަކީ އޭޝިއާ ސަރަހައްދުގައި ހިންގާ ޕްރޮޖެކްޓުގައި ފެނާއި ސާފުތާހިރު ކަމާއި ސިއްހަތާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ވޯކްޝޮޕެކެވެ.

ތުޅާދޫގައި ބޭއްވި މަލްޓި ސްޓޭކް ހޯލްޑާ ވޯޓާ ސެނިޓޭޝަން އެންޑް ހައިޖީން ސޯޝަލް އޮޑިޓް އަދި އެޑްވޮކޭޝަން ޓްރެއިނިން ވޯކްޝޮޕްގެ ތެރެއިން ----

އޭގެއިތުރުން، މި ވޯކްޝޮޕްގައި އެންމެ އިސްކަމެއް ދީފައި ވަނީ ސޯޝަލް އޮޑިޓް ކުރާނެ ގޮތްތަކާއި އިންފުލުއެންސް އެޑްވޮކަސީ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް ވަކާލާތުކޮށް، އެ ފަރާތްތައް ވެސް އެހެން ފަރާތްތަކޭ އެއްގޮތަށް އެއް ހަމައެއްގައި ކަންކަމުގައި ޝާމިލްކުރެވޭނެ ގޮތްތަކަށެވެ.

ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގައި ޖެހިފައި ހުރި މައްސަލަތައް ފާހަގަކޮށް މި ވޯކްސޮޕްގެ ތެރެއިން ވަނީ އެކަމަށް ހޯދޭނެ ހައްލުތަކާ މެދު މަޝްވަރާކޮށް އަމަލީ ހަރަކާތްތަކެއް ހިންގާފައެވެ.

ތުޅާދޫގައި ބޭއްވި މަލްޓި ސްޓޭކް ހޯލްޑާ ވޯޓާ ސެނިޓޭޝަން އެންޑް ހައިޖީން ސޯޝަލް އޮޑިޓް އަދި އެޑްވޮކޭޝަން ޓްރެއިނިން ވޯކްޝޮޕްގެ ތެރެއިން -----

ވޯކްޝޮޕްއިން ބައިވެރިންނަށް އެތައް މައުލޫމާތެއް ލިބިފައިވާއިރު، ތުޅާދޫގެ ފެނާއި ނަރުދަމާ ނިޒާމުގައި ހުރި މައްސަލަތަކަށް އެ ރަށުގެ ރައްޔިތުން އަހުލުވެރިކޮށް، އެކަންކަމުގައި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި ރައްޔިތުންގެ ޒިންމާ އަދާކުރުމަށް ބާރުއަޅާފައިވެއެވެ.

އެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުން އަހުލުވެރިކޮށްފައިވެއެވެ.

comment ކޮމެންޓް