އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް ދިއްދޫގައި ފަށައިފި

"ގާލްސް ޓު ކޯޑް"ގެ ހއ. ދިއްދޫ އެޑިޝަން ފަށައިފި -- ފޮޓޯ/ ދިރާގު

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން އަންހެން ކުދިންނަށް ޚާއްސަކޮށްގެން ކޯދިން ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން "ގާލްސް ޓު ކޯޑް"ގެ ހއ. ދިއްދޫ އެޑިޝަން ފަށައިފިއެވެ.

ދިރާގުން ބުނީ އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ކޯޑިން ދަސްކޮށްދޭ މި ޕްރޮގްރާމަކީ އަންހެން ކުދިން ބާރުވެރިކުރުވުމުގެ މަގުސަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި އަހަރުގެ ޕްރޮގްރާމް މިދިޔަ ހޯމަ ދުވަހުން ފެށިގެން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށް ދިރާގުންވަނީ ބުނެފައެވެ.

ދިރާގުން ބުނި ގޮތުގައި އެ ގޮތުން 10 އަހަރާއި 13 އަހަރުގެ އަންހެން ކުދީންނަށް ޚާއްސަކޮށްގެން ބާއްވާ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މި ދާއިރާއަށް ޝައުގުވެރި ކުރުވުން ކަމަށެވެ.

uމީގެ ކުރިން ކޯޑިންގެ ތަޖުރިބާއެއް ނެތް ބައިވެރިންނަށް މި ޕްރޮގްރާމް މެދުވެރިކޮށް އަމަލީ ގޮތުން ކޯދުކުރަން ދަސްވެ، ޕްރޮގްރާމް ނިމޭއިރު، އާދައިގެ ވެބްސައިޓުތައް އުފައްދަން ދަސްވާނެެއެވެ.

ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓ،ީ ބިޝާރާ ހަމީދު ވިދާޅުވީ ޝާމިލު މުޖުތަމަޢުއެއް ބިނާކުރުމާއި އަންހެނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އެ ގޮތުން ހއ. ދިއްދުއަށް ޚާއްސަކޮށްގެން ކުރިއަށްދާ މި އެޑިޝަންގެ އަމާޒަކީ އަންހެން ކުދިންނަށް ކޯޑިންގެ ހުނަރު ދަސްކޮށްދ،ީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކުރުމަށް ހިތްވަރުދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އައު ޖީލެއްގެ އަންހެން ލީޑަރުންތަކެއް އުފެދ،ި ޓެކްނިލޮޖީގެ ސިނާއަތުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން ފެނިގެންދިއުން،" ބިޝާރާ ވިދާޅުވިއެވެ.

މި ޕްރޮގްރާމާ ގުޅޭ ގޮތުން ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ މަރިޔަމް އަސްނާ ސައީދު ވިދާޅުވީ މި ޕްރޮގްރާމަކީ ހަމައެކަނި ކޯޑް ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ނޫން ކަމަށާއި، ޕްރޮގްރާމްގެ ޒަރިއްޔާއިން 21 ވަނަ ގަރުނަށް ބޭނުންވާ މުހިންމު ޑިޖިޓަލް ހުނަރުތައް ދަސްކޮށް އުފެއްދުންތެރިކަން އިތުރުކޮށް އީޖާދުކުރުމަށް ބާރުވެރިކުރުވާނެ ކަމަށެެވެ.

ގާލްސް ޓު ކޯޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރަހައްދީ ގޮތުން އަމާޒުކޮށްގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ތައާރަފްކުރި ސިލްސިލާ ޕްރޮގްރާމެކެވެ.

ގާލްސް ޓު ކޯޑް ދިއްދޫއަކީ މި ސީރީޒްގެ ފަސްވަނަ ޕްރޮގްރާމެވެ. މީގެ ކުރިން މި ޕްރޮގްރާމް ވަނީ ފުވައްމުލައް، ގދ. ތިނަދޫ، ކުޅުދުއްފުށި އަދި ލ. އަތޮޅުގައި ވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

އަދި މި ތަޢުލީމީ ޕްރޮގްރާމަކީ އެކި ސަރަޙައްދުތަކުގައި ހޭލުންތެރިކަން އިތުރުކޮށް 21 ވަނަ ޤަރުނުގެ ޒަރޫރީ ހުނަރުތައް ޙާސިލުކުރުމަށް ޒުވާން އަންހެން ކުދިންނަށް ހިތްވަރުދީ އެކަމުގެ ބިންގާ އެޅުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެއް ކަމަށް ދިރާގުން ބުނެއެވެ.

comment ކޮމެންޓް