އެމްއެސްއައިގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓާ އަދި އޮތަރައިޒްޑް ސާވީސް ސެންޓަރު މެކްސްކޮމް ޓެކްނޮލޮޖީސްއިން އެމްއެސްއައި ލެޕްޓޮޕެއް ގަންނަ ފަރާތަކަށް ގޭމިން ލެޕްޓޮޕެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މެކްސްކޮމް ޓެކްނޮލޮޖީސްއިން ބުނީ މި ޕްރޮމޯޝަންގައި މެކްސްކޮމްގެ އައުޓްލެޓަކުން އެމްއެސްއައި ލެޕްޓޮޕެއް ގަންނަ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް އެމްއެސްއައި ގޭމިން ލެޕްޓޮޕެއް ލިބޭނެކަމަށެވެ.

އެ ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ މަހު 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެއިތުރުން މި ޕްރޮމޯޝަންގައި މެކްސްކޮމް އައުޓްލެޓަކުން ގަންނަ ކޮންމެ އެމްއެސްއައި ލެޕްޓޮޕަކާއެކު ވަޔަލެސް މައުސް އެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެމްއެސްއައިގެ ހުރިހާ ލެޕްޓޮޕަކަށް އެއް އަހަރު ވޮރަންޓީ ލިބޭނެކަން މެކްސްކޮމްއިން ފާހަގަކުރެއެވެ.
އެ ކުންފުންޏަކީ އައިޓީ ދާއިރާގެ ޚިދުމަތުގައި 20 އަހަރު މަސައްކަތްކޮށްފައިވާ ކުންފުންޏެކެވެ. މެކްސްކޮމް ޓެކްނޮލޮޖީއަކީ ރާއްޖޭގައި އައިސީޓީ ދާއިރާގެ ހުރިހާ ޕްރޮޑަކްޓާއި ސޮލިއުޝަންތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޝަން އަދި ރީޓެއިލިންގައި ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ކުންފުންޏެކެވެ.

މީގެތެރޭގައި ކޮމްޕިއުޓަރު، މޮނީޓަރު، ޓެބްލެޓް އަދި ކޮންސިއުމާ ޑިވައިސް ވެސް ހިމެނެއެވެ.
މީގެއިތުރުން މި ކުންފުންޏަކީ ކޮމާޝަލް، އެންޓަޕްރައިސެސް އައިސީޓީ ހާޑުވެއާ އަދި ސޮފްޓުވެއާ ސޮލިއުޝަން، ޑާޓާ ސެންޓަރު ސޮލިއުޝަން، ސީސީޓީވީ އަދި އެކްސެސް ކޮންޓްރޯލްގެ ޕްރޮޑަކްޓާއި ސާވީސް އެންމެ ފުޅާކޮށް ރާއްޖޭގައި ދެމުންދާ ކުންފުންޏެވެ.