ދެކުނު ކޮރެއާގައި ރޮބޮޓް ސިވިލް ސާވަންޓެއް ސިޑިއަކުން ވެއްޓި "މަރު"ވެއްޖެ

ދެކުނު ކޮރެއާގައި ހިނގި މިހާދިސާއަކީ މުޅިދުނިޔޭގައިވެސް ހިނގި މިފަދަ ފުރަތަމަ ހާދިސާ ---

ދެކުނު ކޮރެއާގެ ގުމީ ސިޓީގައި ރޮބޮޓް ސިވިލް ސާވަންޓެއް އޭގެ މަސައްކަތުގައި އުޅެނިކޮށް ސިޑިއަކުން ވެއްޓި "މަރުވެއްޖެ"ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން، އެއީ އެޤައުމުގެ ފުރަތަމަ "ރޮބޮޓް އަމިއްލައަށް މަރުވުން" ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، މިކަމާ ގުޅިގެން ޤައުމީ ފެންވަރުގެ ބަހުސެއް ވަނީ ފެށިފައެވެ.

މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހެއްގެ ހަވީރު 04:00 ހާއިރެވެ. މަންޒަރުދުށް މީހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޮބޮޓް ވެއްޓުމުގެ ކުރިން އޭގެ އަމަލުތައް ހުރީ އާދަޔާ ޚިލާފަށެވެ.

"ރޮބޮޓް ސުޕަވައިޒަރު"ގެ ނަމުން މަޝްހޫރު މި ރޮބޮޓް ގުމީ ސިޓީ ކައުންސިލްގައި މަސައްކަތް ކުރަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެންނެވެ. މި ރޮބޮޓްގެ މަސައްކަތްތަކުގެ ތެރޭގައި ލިޔެކިޔުންތައް ފޯރުކޮށްދިނުމާއި ރައްޔިތުންނަށް މަޢުލޫމާތު ދިނުން ހިމެނެއެވެ.

މި ރޮބޮޓް ތައްޔާރުކޮށްފައިވަނީ ކެލިފޯނިއާގައި ހިންގާ ބެއާ ރޮބޮޓިކްސް ކުންފުނިންނެވެ. ދެކުނު ކޮރެއާއަކީ މަސައްކަތުގެ ދާއިރާގައި ރޮބޮޓް ބޭނުންކުރުމުގައި ކުރިއަރާފައިވާ ޤައުމެކެވެ.

މި ހާދިސާއާ ގުޅިގެން ރޮބޮޓްތަކުގެ މަސައްކަތުގެ ބުރަދަނާއި، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި ރޮބޮޓްތައް ބޭނުންކުރުމުގެ ނަތީޖާއާ ބެހޭގޮތުން ޤައުމީ ބަހުސެއް ފެށިފައިވެއެވެ. މި ހާދިސާއާ ގުޅިގެން ގުމީ ސިޓީ ކައުންސިލުން ވަނީ އެ ރޮބޮޓް ބަދަލުނުކުރުމަށާއި، ރޮބޮޓް ބޭނުންކުރުމުގެ މަޝްރޫޢު ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައެވެ.

ރޮބޮޓް ވެއްޓުނު ސަބަބު އަދި ސާފުވެފައި ނުވި ނަމަވެސް، މި ހާދިސާއާ ގުޅިގެން މުޖުތަމަޢުގައި ރޮބޮޓްތަކުގެ މުސްތަޤުބަލާއި، އިންސާނުންނާއި ރޮބޮޓްތައް އެއްކޮށް މަސައްކަތްކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރަން ފަށާފައިވެއެވެ.

މި ހާދިސާއަކީ ހަޤީޤަތުގައިވެސް "ރޮބޮޓް އަމިއްލައަށް މަރުވުމެއް" ތޯ ނުވަތަ ހަމައެކަނި މެޝިނެއް ހަލާކުވުންތޯ ސުވާލު އުފެދިފައިވާއިރު، މި ހާދިސާއާ ގުޅިގެން މުޖުތަމަޢުގައި ރޮބޮޓްތަކުގެ މުސްތަޤުބަލާމެދު ވަނީ ވަރަށް ބޮޑު ސުވާލުމާކެއްގެ ތެރޭގައެވެ.

comment ކޮމެންޓް