މި އަހަރުގެ މޭ މަހު އެކަނި ވެސް 124 ވަރި

ފެމިލީ ކޯޓްގެ ކޯޓް ރޫމެއްގައި ވަކީލަކު މަޑުކޮށްލައިގެން-- ފޮޓޯ: ފެމިލީ ކޯޓް

ނިމިދިޔަ މޭމަހު އެކަނިވެސް ފެމިލީ ކޯޓުން 124 ވަރި ކޮށްދީފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއަދު ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން 124 ވަރި ރަޖިސްޓްރީކޮށްފައި ވާއިރު، އެ މަހު 238 ކައިވެންޏެއް ވަނީ އަގުދުކޮށްދީފައެވެ. މި އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު މޭ މަހު, ކައިވެނި އަދި ވަރީގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

އެގޮތުން އެޕްރިލް މަހު ފެމިލީ ކޯޓުގައި 60 ވަރި ރަޖިސްޓްރީކުރި އިރު، 144 ކައިވެންޏެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

ފެމެލީ ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ކޯޓަށް މޭ މަހު ވަނީ 242 މައްސަލައެއް ހުށަހަޅާފައެވެ.

އެ މައްސަލަތަކުގެ ތެރޭގައި:

  • ވަރީގެ 187 މައްސަލަ
  • ކުޑަކުދިންނާ ގުޅުންހުރި 12 މައްސަލަ
  • ޚަރަދުގެ 14 މައްސަލަ
  • ގެވެށި އަނިޔާއާ ގުޅޭ 9 މައްސަލަ
  • އާއިލީ އެހެނިހެން 20 މައްސަލަ

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވަރި ގިނަ ގައުމެކެވެ.

އެގޮތުން ނިމިދިޔަ 2023ވަނަ އަހަރު 1281 ވަރި، 2022ވަނަ އަހަރުގައި 1346 ވަރި، 2021 ވަނަ އަހަރުގައި 1193 ވަރި ފަމެލީ ކޯޓުގައި ރަޖިސްޓްރީ ކޮށްފައި ވާކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

comment ކޮމެންޓް