ކްރޯމް އެކްސްޓެންޝަންތަކުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދިއްޖެ

ގޫގުލް ކްރޯމް ބޭނުންކުރާ 280 މިލިއަން މީހުން ނުރައްކާތެރި އެކްސްޓެންޝަންތައް އިންސްޓޯލްކޮށްފައިވާކަމަށް ދިރާސާއަކުން ހާމަވުމާއެކު ކްރޯމް އެކްސްޓެންޝަންތަކުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ގޫގުލް ކްރޯމް ބްރައުޒަރުގެ އެކްސްޓެންޝަންތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ޓެކް މާހިރުން ސުވާލު އުފައްދާފައިވާއިރު، ގޫގުލްއިން ބުނެފައިވަނީ މެލްވެއަރ ހުންނަ ކަމަށް ފާހަގަވެފައިވަނީ އިންސްޓޯލްކުރެވޭ އެކްސްޓެންޝަންތަކުގެ ތެރެއިން އެެއް އިންސައްތައަށްވުރެ މަދު އެކްސްޓެންޝަންގައި ކަމަށެވެ.

އެހެންނަމަވެސް ދިރާސާވެރިން ބުނާ ގޮތުގައި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 280 މިލިއަން ޔޫޒަރުން މެލްވެއާ އެކުލެވޭ އެކްސްޓެންޝަންތައް އިންސްޓޯލްކޮށްފައިވެއެވެ.

ގޫގުލްއިން ބުނާ ގޮތުގައި ކްރޯމް ވެބް ސްޓޯގައި 250،000 އަށްވުރެ ގިނަ އެކްސްޓެންޝަން ލިބެން ހުރެއެވެ. އަދި އެތަނުން އިންސްޓޯލްކުރެވޭ އެކްސްޓެންޝަންތަކުގެ ތެރެއިން އެއް އިންސައްތައަށްވުރެ މަދު އެކްސްޓެންޝަންގައި މެލްވެއާ ހުންނަ ކަމަށް ގޫގުލްއިން ވެސް ގަބޫލުކުރާ ކަމަށެވެ.

ސްޓޭންފޯޑް ޔުނިވާސިޓީ އާއި ސީއައިއެސްޕީއޭ ހެލްމްހޯލްޓްޒް ސެންޓަރ ފޮރ އިންފޮމޭޝަން ސެކިއުރިޓީގެ ދިރާސާވެރިން ފާހަގަކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް 346 މިލިއަނަށްވުރެ ގިނަ ޔޫޒަރުން ސެކިއުރިޓީގެ ގޮތުން ކަންބޮޑުވާންޖެހޭ އެކްސްޓެންޝަންތައް އިންސްޓޯލްކޮށްފައިވެއެވެ.

މީގެ ތެރެއިން 63 މިލިއަން ޕޮލިސީ ވަޔަލޭޝަންތަކާއި ތިން މިލިއަން ނާޒުކު ކޯޑު އުނިކުރުމަށްފަހުވެސް، 280 މިލިއަން މެލްވެއަރ އެކުލެވޭ އެކްސްޓެންޝަން އިންސްޓޯލްކޮށްފައިވާކަމަށް ދިރާސާވެރިން ލަފާކުރެއެވެ.

comment ކޮމެންޓް