އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި ފިރިހެނަކު ހައްޔަރުކޮށްފި

ގއ. ވިލިނގިލި: އެ ރަށުގައި މާރާމާރީ ހިންގި މައްސަލައިގައި ފިރިހެނަކު ރޭ ވަނީ ހައްޔަރު ކޮށްފައި -- ސަން ފޮޓޯ ކިޔުންތެރިއެއް

ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި މައްސަލާގައި ރޭ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހާ މާރާމާރީ ހިންގި މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 46 އަހަރުގެ އަންހެނަކަށް ކަމަށެވެ. އަދި އެ އަންހެން މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މާރާމާރީގެ ކުށްތަކުގައި ދޭތެރެ ދޭތެރެއިން މީހުން ހައްޔަރުކުރެއެވެ.

comment ކޮމެންޓް