ސްޓެލްކޯއިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފި

ސްޓެލްކޯއިން އިސްނަގައިގެން ބޭއްވި ލޭ ހަދިޔާކުރުމުގެ ކޭމްޕުގެ ތެރެއިން: ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން -- ފޮޓޯ/ ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން އިސްނެގައިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

ސްޓެލްކޯއިން ބުނީ މިއީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ހިއްސާވުމަށް އެ ކުންފުނިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެންނެވެ.

ސްޓެލްކޯއިން އިސްނަގައިގެން ބޭއްވި ލޭ ހަދިޔާކުރުމުގެ ކޭމްޕުގެ ތެރެއިން: ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން -- ފޮޓޯ/ ސްޓެލްކޯ

މި ޕްރޮގްރާމްގައި ލޭ ހަދިޔާ ކުރުމަށް 100 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން ވޮލަންޓިއާކުރި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ، މިފަދަ ދާއިރާތަކުން މުޖުތަމައަށް ޚިދުމަތްކުރުމުގައި ސްޓެލްކޯއިން އިސްނެގުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މި ޕްރޮގްރާމަށް މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަން ވަނީ ފާހަގަކޮށްފައެވެ.

މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި މިކުންފުނީގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ފަޚުރުވެރިކަމާއިއެކު ޝުކުރުދަންނަވަން، ސްޓެލްކޯ

ސްޓެލްކޯއިން އިސްނަގައިގެން ބޭއްވި ލޭ ހަދިޔާކުރުމުގެ ކޭމްޕުގެ ތެރެއިން: ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން -- ފޮޓޯ/ ސްޓެލްކޯ

ހަމައެއާއެކު ކޮންމެ އަހަރަކު ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ސްޓެލްކޯއިން ވަނީ ރާވާފައެއެވެ.

މި ކޭމްޕުގައި ބައިވެރިވެ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވެސް ވަނީ ލޭ ހަދިޔާކުރައްވާފައެވެ.

ލޭ ހަދިޔާ ކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރުން ވަރަށް މުހިންމު ކަމެކެވެ. ރާއްޖޭގައި ލޭ ބޭނުންވާ ފަރާތްތަކަށާއި، ބަލި މީހުންނާއި، ތެލަސީމިއާ ކުދިންނަށް ލޭ ލިބުމުގައި ގިނަ ފަހަރަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

ސްޓެލްކޯއިން އިސްނަގައިގެން ބޭއްވި ލޭ ހަދިޔާކުރުމުގެ ކޭމްޕުގެ ތެރެއިން: ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން -- ފޮޓޯ/ ސްޓެލްކޯ

ރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމެއް ކަމަށާއި ރާއްޖޭގައި ލޭ ބޭނުންވާ މިންވަރު ވެސް އެހެން ގައުމުތަކާ އަޅާބަލާއިރު އިތުރު ކަމަށް މި ފަހުން ވެސް އެމްބީއެސްއިން ވަނީ ބުނެފައެވެ.

އެމްބީއެސްއިން ބުނި ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ލޭގެ ގާތްގަނޑަކަށް 70 އިންސައްތަ ބޭނުންކުރަނީ ތެލަސީމިއާ ބަލި ތަހައްމަލުކުރާ މީހުންނަށެވެ.

އެކަން ހައްލުވާނީ ގަވާއިދުން ލޭ ހަދިޔާކޮށްގެންކަމަށް ކަމާ ބެހޭ ފަރާތްތަކުން އަބަދު ވެސް އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް