ޖީއެސްޓީއާއި އިމްޕޯޓް ޑިއުޓީ އަދި އެއާޕޯޓް ޓެކްސް ރޭޓު ރިވިއުކުރަނީ

މީހަކު ފިހާރައެއްގައި: އަންނަ އަހަރު ޖީއެސްޓީ ނެގުން ފުޅާކުރަން ވަނީ ނިންމާފައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ނަގާ ގޮތް ފުޅާކޮށް، ޖީއެސްޓީ ރޭޓަށް ވެސް ބަދަލުތައް ގެންނަން ސަރުކާރުގެ މެދު ރާސްތާ ރެވެނިއު ސްޓްރެޓެޖީގައި ހިމަނައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި، ކުރިއަށް އޮތް ހަތަރު އަހަރު އާމްދަނީ އިތުރުކުރުމަށް ކަނޑައަޅައިފައިވާ ސްޓްރެޓެޖީގައި ވަނީ އިންޑައިރެކްޓް ޓެކުހާއި ޑައިރެކްޓް ޓެކުހާއި އާމްދަނީ ލިބޭ އެހެނިހެން ފީތަކަށް ވެސް ބަދަލު ގެނައުމަށް ހިމަނައިފައެވެ.

އޭގެ ތެރެއިން އަންނަ އަހަރު ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ޖީއެސްޓީ ނެގުން ފުޅާކޮށް ރޭޓަށް ބަދަލު ގެނައުމާއި އިމްޕޯޓް ޑިއުޓީ ރޭޓާއި ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކުހާއި ޓުއަރިޒަމަށް ދޫކުރާ ބިމަށް ނަގާ ކުއްޔަށް ބަދަލު ގެނައުން ހިމެނެއެވެ.

ހަމައެއާއެކު ގްރީން ޓެކްސް ވެސް ރިވިއުކޮށް، ބަނގުރާ ފަދަ ތަކެތިން ނަގާ ޓެކުހުށް ބަދަލު ގެނައުން އެ ސްޓްރެޓެޖީގައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ޚަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް އެކުލަވާލުމަށް ނިންމަވައިފައެވެ. އަދި ވަޒީރުންގެ މަޖިލީހުން ވަނީ މާލީ އިސްލާހުތައް ގެނައުމުގެ އެޖެންޑާއެއް ފާސްކޮށްފައެވެ.

comment ކޮމެންޓް