Dhiraagu

ރާއްޖޭގެ ދަރަނި އަދާކުރުމަށް އޮތް ހުރަސްތައް ފާހަގަކޮށް، ފިޗުން ރޭޓިން ދަށްކޮށްފި

މާލޭގައި ގާއިމުކޮއްފައިވާ ފައިސާ މާރުކުރާ ތަނެއް: ފިޗުން ރޭޓިން ދަށްކޮށް ވަނީ ޑޮލަރުގެ އަގު ހިފެހެއްޓުމަށް ވެސް ގޮންޖެހުންތައް ހުރި ކަމަށް ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ދަރަނި އަދާކުރުމަށް އޮތް ހުރަސްތައް ފާހަގަކޮށް، ފިޗުން ކްރެޑިޓް ރޭޓިން ދަށްކޮށްފިއެވެ.

ADK GENERAl

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓު ދަށްކުރީ ރާއްޖެއިން އިތުރަށް ޗައިނާއިން ލޯނު ނަގަން އުޅޭ ކަމަށް ބެލެވޭތީ، އައިއެމްއެފްއިން ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު ދިންތާ ހަ ހަފުތާ ފަހުންނެވެ.

މިދިޔަ އަހަރުގެ މެއި މަހު 748 މިލިއަން ޑޮލަރު ރާއްޖޭގެ ފޮރިން ރިޒާވްގައި ހުރިއިރު، އެ ރިޒާވް މެއި މަހު 492 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން ފާހަގަކޮށް، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން 'ސީސީސީ ޕްލަސް'އަށް ދަށްކޮށްފައެވެ. އެއީ ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިނޭންސް ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުންނެވެ.

ރާއްޖޭން މި އަހަރު ބޭރުގެ ސޮވްރިން ދަރަނީގެ ގޮތުގައި 233 މިލިއަން ޑޮލަރު އަދި ގެރެންޓީޑް ބޭރުގެ ދަރަނީގެ ގޮތުގައި 176 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ފިޗުންވަނީ ބުނެފައެވެ.

އެގޮތުން މިއަހަރު ސަރުކާރުން ދައްކަންޖެހޭ ދަރަނި 409 މިލިއަން ޑޮލަރަށް އަރާފައިވާތީ އެކަމުގެ ބުރަ ބޮޑުވާނެ ކަމަށް ފިޗުން ބުނެފައިވެއެވެ.

ރާއްޖޭގެ އިޝުއާ ޑިފޯލްޓް ރޭޓިން 'ސީސީސީ ޕްލަސް'އަށް ދަށްކުރުމަކީ ބޭރުގެ ދަރަނި އިތުރުވުމާ ގުޅިގެން ކުރިމަތިވާ ނުރައްކާތައް އިތުރުވުން ދައްކުވައިދޭ ކަމެކެވެ. ރާއްޖޭގެ ފޮރިން ރިޒާވް ބަލިކަށިވުމާއި ބޭރުގެ ދަރަނިތައް އިތުރުވުމަކީ ސަރުކާރަށް އެ ދަރަނިތައް އަދާކުރުމަށާއި، ޑޮލަރުގެ އަގު ހިފެހެއްޓުމަށް ވެސް ގޮންޖެހުންތައް ހުރި ކަމެއް ކަމަށް ފިޗުން ފާހަގަކޮށްފައިވެއެވެ.

ފިޗުން ބުނެފައިވަނީ ސަރުކާރުން މެދު ރާސްތާގައި ބޭރުގެ ދަރަނިތަކަށް ބަރޯސާވާ މިންވަރު މަދުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އެހެން ނަމަވެސް 2025 އާއި 2026 ވަނަ އަހަރު ބޭރުގެ ރީފައިނޭންސިންއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި އެ އަދަދު 2025ގައި 557 މިލިއަން ޑޮލަރަށް، އަދި 2026ވަނަ އަހަރު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ފިޗުން ބުނެއެވެ. އަދި އޭގެ ތެރޭގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ހިމެނޭކަން ފާހަގަކޮށް، ރާއްޖެއަށް އޮތް މާލީ ބުރަ ފިޗުން ވަނީ ފާހަގަކޮށްފައެވެ.

ފިޗުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް އަހަރު ވެސް ރާއްޖޭގެ ފޮރިން ރިޒާވް އޮންނާނީ ބޮޑު ހާސް ކަމެއްގެ ތެރޭގައެވެ.

"ފިޗް ރޭޓިންގްސް" އަކީ ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭންކިން އެޖެންސީގެ ތެރެއިން އެއް އެޖެންސީއެވެ. ފިޗުން އެންމެ ފުރަތަމަ ރާއްޖެއަށް ކްރެޑިޓް ރޭޓިން އެއް ދިނީ 2016 ވަނަ އަހަރެވެ.

ކްރެޑިޓް ރޭޓިން އަކީ އިންވެސްޓަރުންނަށް އެމީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާ ކުރެވޭ އިންޑިކޭޓާ އެކެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިން އެއް މުހިއްމުވަނީ މި ސަބަބާހުރެއެވެ.

ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގްތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ. ދަރަނި ނުދެއްކި ސޮވަރިން ޓީފޯލްޓަށް ދާ ގައުމުތަކަށް ވެސް މި ރޭޓިން ފިޗުން ދީފައިވެއެވެ.

comment ކޮމެންޓް

comment ތެދު

9 month 4 day ago

‎ ‎ދައުލަތުގެ ޖުމްލަ ދަރަނި: 124 ބިލިޔަން ރުފިޔާ. ޢެތެރޭގެ ދަރަނި: 73 ބިލިޔަން ރުފިޔާ ހުޅުމާލެ ފޭސް 1: 21 މިލިއަން ޑޮލަރު ހުޅުމާލެ ފޭސް 2: 50 މިލިޔަން ޑޮލަރ ހުޅުމާލެ ފޭސް 3: 259.2 މިލިޔަން ޑޮލަރު ގުޅިފަޅު ފޭސް 2: 53 މިލިޔަން ޑޮލަރު ސިނަމާލެ ބުރިޖު: 300 މިލިޔަން ޑޮލަރު ތިލަމާލެ ބުރިޖު: 500 މިލިޔަން ޑޮލަރު ޖުމްލަ: 18.2 ބިލިޔަން ރުފިޔާ ‎ހުޅުމާލެ ފޭސް 2 އިން 2،200 ގޯތި. އެންމެދަށް މާކެޓް ރޭޓް: 15 މިލިޔަން: ޖުމްލަ 33 ބިލިޔަން ރުފިޔާ. ‎މާލެއަށް އުފަން މީހުނަށް ދައުލަތުން ޖުމްލަ 50 ބިލިޔަން

comment ދާއޫދު

9 month 4 day ago

ނިމިދިޔަ އިބޫ ސަރުކާރުން މަތިމައްޗަށް ދަރަންޏަށް ފައިސާ ނެގީމަ ރާއްޖެއަށް ލިބުނު ހުތުރު ދެކިބަލަ.

comment އައްޔު

9 month 4 day ago

ހަދާނުގައި ވަރަށް އާކޮށް އިހަކަށް ދުވަހާއި ހަމަޔަށް ހުރީ ރައީސް ޔާމީނުގެ ވެރިކަމުގައި ފިޗް ރޭޓިން 2017 ގައި ބީ ޕްލަސް ދިނުމުން އެމްޑީޕީއިން ރުފިޔާދީގެން ރޭޓިން ގަތީއޭ ބުނެ ރައްޔިތުން ގޮބޯ ހައްދާ ޤައުމު ލޫޓުވައިފިއޭކިޔާ ގޮވި 2018ގައި އެމްޑީޕީއިން ވެރިކަމަށް ރައީސް ސޯލިހު އައިސް 2018، 2019 ވަނަ އަހަރުގެ ރޭޓިން އެއްވަރެއްގައި ހިފެހެއްޓުނު އެފަހުން 2020 ގައި ބީ މައިނަސްވެ ހަމަ އެއަހަރު ސީސީސީ އަށް ރޭޓިން ދައްވި 2021ވަނަ އަހަރު ބީ މައިނަސް ބަދަލުވި ގޮތަށް 2024 ވަނައަހަރު މިއޮތީ ސީސީސީ ޕްލަސް ގެ ޑައުން ގްރޭޑެއް ފެންނަން އެހެން ކަމުން ރައްޔިތުންނޭ ވަރަށް ސާފުކޮށް ބުނަން އިނގޭ ޤައުމަށް ބަޔަކު އިހުމާލުވެެއްޖެ އެކަން މިދަނީ ފެންނަމުން

comment ސުގާ

9 month 4 day ago

ކޮބާ މުއިއްޒު ދެން ޖީޑީޕީ ގޮސް ހަގުނަ ކޮއްލާތި. އަދިވެސް ބުނާތި ކަނޑުން ބިންގަރާސް ހަދާވާހަކައާއި ރަސްމާލޭގަ 30 ހާސް ފުލެޓު އަޅާވާހަކައާއި އައްޑޫ އަތޮޅުގެ ދެކޮޅު ގުޅަން ބުރިޖު އަޅާ ވާހަކައާއި ސީޕުލޭން ޓާމިނަލް ބަދަލު ކުރާ ވާހަކައާއި ފުނަދޫ އަށްދެ ބުރިޖުން ގުޅާ ވާހަކައާއި ދިވެހި ޅެމުން ނަފްސާނީ ފަރުވާދޭވާހަކަ. އަދި ތުރުކީއިން ހަނޑުލާއި ހަކުރާއި ފުއް މިތަނަށް ގެނެސް ދިހަ އަހަރުން ހުސް ނުވާވަރު ސުޓޮކެއްހަދައި މިތަނުގެ ކަނޑުތަށް 24 ގަޑިއިރު ބަލަހައްޓަން ޑުރޯން އުދުއްސާފައި ބަހައްޓާތި. މި ހުރިހާކަމެއް ކުރާނީ މިދަރަނި މަތީ ތެޅި ތެޅި ތިބެ. އެހެންނޫންތޯ.

comment އުކާ

9 month 4 day ago

ދެން ތުރުކީ ފުށަށް ވީގޮތް މިސަރުކާރުގެ ވައުދު ބޮނޑިވަރަށްވާނީ.