ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ސައިކަލުތައް ގިނަވުމުގެ ސަބަބުން އެ ތަނަށް ހަތަރު ފުރޮޅުލީ އުޅަނދު ވަންނަން ވަރަށް ބޮޑަށް ދަތިވެ، ކަންބޮޑުވުން ބޮޑުވެއްޖެއެވެ.
ޓާމިނަލަށް ވަންނަން އޮންނަ މަގުގައި ވެސް ފުޑްކޯޓާ ވާހެން ގިނަ އަދަދެއްގެ ސައިކަލު ޕާކުކޮށްފައި ހުރެއެވެ. އެހެންވެ، އެ ސަރަހައްދަށް ވަންނަ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް އޮންނަނީ ހަނި ޖާގައެވެ.
މި ކަމާ ގުޅިގެން ނުރުހުން ފާޅުކުރަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، މަޖިލީސް މެންބަރުކަމަށް މި އަހަރު އިންތިޚާބުވި ފަހުން ތިން ފަހަރެއްގެ މަތިން މި މައްސަލަ ހައްލުކުރަން ފުލުހުންގެ އިސް ބޭފުޅުންނާ ފޯނުން ގުޅައި އެދިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި އުޅަނދުތައް ޕާކުކޮށްފައި ހުންނަ ގޮތުން ހާލު ދެރަ ބަލި މީހަކު ގޮވައިގެން ދިޔަ އެމްބިއުލާންސެއް ވެސް ގިނައިރުތަކެއް ވަންދެން އެ ތަނުގައި މަޑުކުރަން ޖެހުނެވެ.
"ގާނޫނު ތަންފީޒުކުރުމުގައި ފުލުހުން ފަސްޖެހޭ ނަމަ ހިތާމަވެރި ހާދިސާއެއް ހިންގުން ގާތް ސަރަހައްދެއް މިއީ،" މެންބަރު މުހައްމަދު އިސްމާއިލް އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވިއެވެ.

ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދު: އެ ސަރަހައްދުގެ ޕާކިން މައްސަލަ ވަނީ ބޮޑުވެފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެ ކަމާ ގުޅިގެން ފުލުހުން މިއަދު 'ސަން'އަށް ބުނީ، އެ ސަރަހައްދުގައި ޕާކިން މައްސަލަ ހައްލުކުރަން ޓޭޕް ދަމައި، މިހާރު ކޯން ވެސް ޖަހާފައިވާ ކަމަށެވެ. އަދި، މިހާރު އެ ސަރަހައްދު ކުރިއެކޭ އެއްގޮތަށް 'ނޯމަލް'ވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އެ މަގުގައި "ޑަބަލް ލައިން" ކުރަހަން މާލޭ ސިޓީ ކައުންސިލްގައި އެދިފައިވާނެ ކަމަށެވެ.
ވިލިމާލޭ ފެރީ ޓާމިނަލް ކައިރި ސައިކަލުތައް ނުގަވާއިދުން ޕާކުކޮށްފައި ހުންނަ މައްސަލަ ދޭތެރެއަކުން ފެންމަތިވެއެވެ. އެކަމަކު، އެ މައްސަލައަށް މިހާތަނަށް އެދެވޭ ހައްލެއް ގެނެވިފައެއް ނުވެއެވެ.
comment ފެރީ
10 month 4 week ago
ފުލުހުން ބަލަހައްޓަން ޖެހޭތަންތަނާ ބަލަން ޖެހޭކަންޖަން ދަނީ ބަލަމުން. ޢޭގެން އެއްތަނަކީ މާލޭގެ ބޭރުމަގު.
comment ތުއްބީގެ އަހަންމާއިދީ
10 month 4 week ago
އަސްލު ވެގެން އުޅޭ ގޮތަކީ، މާލޭގައި ގިނަވެގެން އުޅެނީ ހަތަރު ފުރޮޅުލީ އުޅަދުފަހަރެއްނޫން. ގިނައީ ސައިކަލު. މާލެގަ ދިރިއުޅޭ ކޮންމެ ދިވެއްސަކަށް 2 ސައިކަލު އެވަރެޖްކޮށް އެބަހުރި. އިތުރުން ގަވާއިދާޚިލާފަށް އުޅޭ ބިދޭސީންންވެސް މިހާރު ދުއްވަނީ ކޮންމެ މީހަކަށް ސައިކަލެއް ގަނެގެން. ސައިކަލުތައް ހުންނަނީ މަގުގެ ދެފަރާތުގަ ޕާކްކޮށްފަ. ސައިކަލު އެތެރެކުރަކީ މާލޭގެ ކަމުވޮށިގެންވާ މުއްސަދިކުންފުނިތަކުންވީމާ ސަރުކާރަކަށް ނުކެރޭ އެވާހަކަ ދައްކަން. ކޮންމެ ރޯދައަކަށް 2000 ރުފިޔާ ހިފައިގެން ދިޔާމަ ސައިކަލު ސްކީމަށް ލިބޭ. ކާރު އެތެރެކޮށް ގިނައިން ވިއްކައި ހަދަނީ އައްޑޫސިޓީގެ މެދުފަންތީގެ ވިޔަފާރިވެރިން. އެމީހުންގެ ވިޔަފާއި ހުއްޓުވައި މިހާރު ބަގުރޫޓުވަމުންދަނީ. އެމީހުންގެ ވާހަކަ އަޑުއަހާކަށް ސަރުކާރުބޭނުންނޫން
comment ހިނގާމީހާ
10 month 4 week ago
ހިތުހުރި ގޮތަކަށް ރާއްޖެއަށް ސައިކަލް އެތެރެކުރުން އޯކޭ؟ ކުންފުނިތަކަށް ފައިދާވިޔަސް، މާލެ ގެ ވެސް އޮންނާނެ "ކެރީން ކެޕޭސިޓީ"އެއް. ފުރި ބާރުވެފައިވާ ފޮއްޓަކަށް ފިތާލާފަ އިތުރު އެއްޗެއް ލާފަ ޒިބުއަޅުވާ ހާލުގަ މާލެއޮތީ. މާނައަކީ ޖާގަ އަދިވެސް އެބައޮތޭ ވިސްނާގޮތަށް ސައިކަލް އިތުރުކުރަނީ. މިހާރު އެންމެފަހުން ދެއްކީ ސަހަރާތައްވެސް ޕާކިންނަށް ބަދަލުކުރާ ވާހަކަ. މިއެނގެނީ މިކަމުގެ ސީރިއަސް ހާލަތު.
reply ކަތީބުއަހަމްނާ
10 month 4 week ago
މާލޭގަ ދިރިއުޅޭ ކޮންމެ ބިދޭސީއަކުވެސް މިހާރު އުޅެނީ ސައިކަލު ގަނެގެން. ސައިކަލު ވިއްކާ މާލޭގެ ވިޔަފާރިވެރިން ކޮންމެ ރޯދައަކަށް ސައިކަލު ޕްރޮމޯޝަން ޖައްސާ. އައިޑީކާޑާއެކު 2000 ރުފިޔާ ހިފައިގެން ދިޔައިމަ ސައިކަލެއްލިބޭ ސްކީމަށް. މާލޭގެ ހުރިހާ ޕާކިންޒޯނެއް ފުރިބާރުވެފަ އޮންނަނީ ސައިކަލުތަކުން. މަގުގެ ދެފަރާތުގަވެސް އެހެން މިހެން ސައިކަލު އަތުރާފަ.