އީދު ފާހަގަކުރުމުގައި ދީނީ، އިޖްތިމާއީ މިންގަނޑުތަކަށް ތަބާވާން ހަނދާންކޮށްދީފި

މިިދިޔަ އަހަރުގެ ބޮޑު އީދު ފާހަގަ ކުރުމުގެ ތެރެއިން--

ކުރިއަށް އޮތް އަޟްހާ އީދު ފާހަގަކުރުމުގައި އިސްލާމް ދީނާއި ދިވެހީންގެ އިޖުތިމާޢީ މިންގަޑުތަކާ އެއްގޮތަށް ފާހަގަކުރަން ލޯކަލް ގަވަމަންޓް މިނިސްޓްރީން ރަަށު ކައުންސިލްތަކަށް އަންގައިފިއެވެ.

އެކަން ހަނދާންކޮށްދެއްވައި، މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ސޮއިކުރައްވައި ކައުންސިލްތަކަށް މިއަދު ފޮނުއްވެވި ސާކިއުލާއެއްގައި ވަނީ އީދު ކުޅިވަރުތައް ކުރިއަށް ގެންދިޔުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް ހިއްސާކުރައްވާފައެވެ. އެގޮތުން:

  • އީދުގެ ހަރަކާތްތައް އިސްލާމްދީނާއި ޚިލާފުނުވާހެން ހިންގުން
  • އީދުގެ ހަރަކާތްތައް ރާވާ ހިންގުމުގައި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ރިއާޔަތްކުރުން
  • އިސްލާމް ފިޔަވާ އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި އީދު ހަރަކާތްތަކުގައި ނުގެންގުޅުން
  • ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުން

އެހެންކަމުން، އީދު ފާހަގަކުރައިރު، އެ ކަންކަމަށް ސަމާލުވުމަށް ވަނީ އަންގައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ބޮޑު އީދާ ދީމާކޮށް މާލެ ސަރަހައްދާއި ރަށްރަތަކުގައި އަންނަނީ ސަގާފީ ހަރަކާތް ރާވަމުންނެވެ.

އިއްޔެ ސުކޫލުތައް ބަންދުވުން، ގިނަ ބަޔަކު އަންނަނީ އީދު ބަންދާ ދިމާކޮށް އެކި ސަރަހައްދުތަކަށް ދަތުރުކުރަމުންނެވެ.

އީދު ތެރޭ އެންމެ ފޯރީގައި ހަރަކާތްތައް ބާއްވަނީ ރަށްރަށުގައެވެ. ހަފުތާއެއްހައި ދުވަހަށް ދެމިގެންދާ ހަރަކާތްތަކުގެ ތެރޭގައި ސްޓޭޖު ޝޯތަކާއި، ފެންކުޅި ކުޅުމާއި ކުލަޖެހުމުގެ އިތުރުން ތަފާތު ކުޅިވަރު ހަރަކާތްތައް ހިމެނެއެވެ.

comment ކޮމެންޓް