ރިސޯޓަކަށް ޖައްސަން އުޅުނު ސީޕްލޭނެއްގެ ކަނދު ނެއްޓި، އެކްސިޑެންޓެއް

ޓީއެމްއޭގެ ބޯޓެއް ދިޔަވުން: އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް އެމްއެންޑީއެފުން ބުނޭ -- ފޮޓޯ/ އެމްވީކްރައިސިސް

ބ. އަތޮޅުގެ ރިސޯޓަކަށް ޖައްސަން ދިޔަ ސީޕްލޭނެއް މިއަދު އެކްސިޑެންޓުވެއްޖެއެވެ.

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭން އެއް ފަރާތަށް އަރި އަޅައިފައި އޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފުން "ސަން"އަށް ބުނީ، ބ. އަތޮޅުގެ ރިސޯޓަކަށް ޖައްސަން އުޅުނު ސީޕްލޭނެއް އެކްސިޑެންޓުވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަން މިހާތަނަށް ލިބުނު މައުލޫމާތުން އެނގިފައިވާ ކަމަށެވެ.

އެ ސީޕްލޭންގައި ތިބި ހުރިހާ ފަސިންޖަރުން މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް، އެ މީހުންނާ ބެހޭ އިތުރު ތަފުސީލެއް މިހާތަނަށް ނުދެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ސީޕްލޭން ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގާފައިވާ ކަމަށާއި މީހަކަށް އަނިޔާއެއް ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

comment ކޮމެންޓް