މަސް ބަންދުކުރުމުގެ ސިނާއަތަށް އިންވެސްޓްމެންޓް ހޯދަން ޗައިނާއާ މަޝްވަރާކޮށްފި

ފިޝަރީސް މިނިސްޓްރީން ޗައިނާގެ ސަފީރާ ބައްދަލުކުރުން: މަސް ބަންދުކުރުމުގެ ސިނާއަތަށް އިންވެސްޓްމެންޓް ހޯދަން އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވޭ --ފޮޓޯ: ފިޝަރީސް މިނިސްޓްރީ

ރާއްޖޭގެ މަސް ބަންދުކުރުމުގެ ސިނާއަތަށް އިންވެސްޓްމެންޓު ހޯދުމަށް، ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ޗައިނާގެ ސަފީރު ވާންގް ލިޝިންއާ މަޝްވަރާކުރައްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޝިޔާމާއި މިނިސްޓަރީގެ އިސް ބޭފުޅުން، ޗައިނާ ސަފީރާއި އެގައުމުގެ ފުޖިއަން ޕްރޮވިންސްގެ ޑިޕާޓްމަންޓް އޮފް އޯޝަން އެންޑް ފިޝަރީޒް ރިސޯސަސްގެ އިސް އޮފިޝަލުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ޝިޔާމް ވަނީ މަސްވެރިކަމުގައި ގާބިލުކަން އިތުރުކުރުމާއި، މެރިކަލްޗާ ނުވަތަ ގުދުރަތީ މާހައުލުގައި ކަނޑުގެ ދިރުންތައް އާލާ ކުރުމާއި މަސްވެރިކަމަށް ރަނގަޅު ސަރަހައްދުތައް ބެލުމުގެ މަސައްކަތް ކުރުމުގައި ޗައިނާއާ ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުގެ ޝައުގު އޮތްކަން ފާޅުކުރައްވައިފައެވެ.

ފުޖިއަން ޕްރޮވިންސަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާއިން އެގައުމުގައި އެންމެ ކުރިއަރާފައިވާ އެއް ސަރަހައްދެވެ.

ރާއްޖޭގައި މަސް ޕްރޮސެސް ކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، ތިން ސަރަހައްދެއްގައި މަސް ޕްރޮސެސްކުރާ ފެކްޓްރީތައް އެޅުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ މިދިޔަ މަހު ހަވާލުކޮށްފައެވެ.

https://sun.mv/190883

އެއީ ޅ. ފެލިވަރާއި ދ. މާދެލީގެ އިތުރުން ގދ. ފިޔޯރީގައެވެ. ނަމަވެސް މާދެލީގައި އަޅަން ނިންމި މަސް ފެކްޓްރީ ފ. ނިލަންދޫގައި އަޅަން ފަހުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް