ކްލިނިކް ހަދާ ވާހަކައާއި 'ށ'އިން ބަސް ހަދާ ވާހަކަ ވަޒީރު ދޮގުކުރައްވައިފި

ވުޒާރާގެ ހަމަސް ދުވަހުގެ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް ދިވެހި ބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގެ ތެރެއިން---

ދިވެހި ބަހާ ބެހޭ ވުޒާރާއާއި އައިޖީއެމްއެޗް ގުޅިގެން އެ ހޮސްޕިޓަލްގައި ޅެން ފަރުވާއަށް ކްލިނިކެއް ގާއިމްކުރާ ވާހަކައާއި "ށ"އިން ފެށޭ ބަސްތަކެއް އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ ވާހަކަތައް ވަޒީރު އާދަމް ނަސީރު އިބްރާހީމް ދޮގުކުރައްވައިފިއެވެ.

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވަނީ އާމްދަނީ ހޯދުމަށް ދޮގު ޚަބަރުތައް ފަތުރަމުން އަންނަކަން ފާހަގަކޮށް އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"ވޭތުވެދިޔަ ހަފުތާގައި ދެކެވުނު ދެ ވާހަކައެއް. އެއްވާހަކައަކީ އައިޖީއެމްއެޗްގައި ކްލިނިކެއް ހަދާ ވާހަކަ. އެއީ ދޮގެއް. މިވުޒާރާ ދެވަނަ ވާހަކައަކީ ވާހަކައަކީ 'ށ'އިން ފެށޭ ބަސްތަކެއް ލަފުޒުތަކެއް އުފައްދަން އުފައްދަން އަޅުގަނޑު ޕީއެސްއެމްއަށް އިންޓަވިއުއެއް ދެއްވި ވާހަކަ. ރެކޯޑިން ބެއްލެވީމަ އެނގިލައްވާނެ އެ ނެތްކަން. އެއީ އަޅުގަނޑު ނުދައްކާ ވާހަކައެއް." ވަޒީރު ވިދާޅުވިއެވެ.

ވުޒާރާގެ ހަމަސް ދުވަހުގެ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް ދިވެހި ބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގެ ތެރެއިން---

ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކައަކީ، ޅެމުން ނަފުސާނީ ބަލިތަކަށް ފަރުވާ ދޭނެ ކްލިނިކެއް އައިޖީއެމްއެޗްގައި ހެދުމަށް ވަޒީރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި 'ށ'އިން ފެށޭ ފަސް ބަހެއް މި ދައުރު ތެރޭގައި ހަދަން އެ ވުޒާރާއިން ހަދަން ނިންމާފައިވާ ކަމަށެވެ.

އެ ވާހަކަތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބަހުސްކޮށް ފާޑުވެސް ކިޔައިފައިވެއެވެ.

"ޕޮއެޓްރީ ތެރަޕީ"އަށް ދިވެހި ނަމެއްގެ ގޮތުގައި "ޅެން ފަރުވާ" ފާސްކޮށް އެ ކަމާ ގުޅޭ ދިރާސާ ހެދުމުގެ މަރުހަލާ ފަށަން ހަމަޖެހިފައިވާ ކަމަށް ދިވެހި ބަހާ ބެހޭ ވުޒާރާއިން ވަނީ މިދިޔަ އާދިއްތަ ދުވަހު ބުނެފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ކުޑަކުދީންނަށް ދިވެހީން ވާހަކަ ދައްކައި، ދިވެހި ބަހުން ރަނގަޅަށް މުއާމަލާތު ކުރަން ނޭނގޭކަން ފާހަގަކުރައްވައިފައެވެ. ވަޒީރު ވިދާޅުވީ ދިވެހި ކުދިންނަކީ ދިވެހިބަހުން ވާހަކަދައްކާ ރަނގަޅަށް މުއާމަލާތު ކުރަން އެނގޭ ކުދިބައެއްގެ ގޮތުގައި ވާން ޖެހޭ ކަމަށެވެ.

އެހެންވެ، ދިވެހި ބަސް ނެތި ނުދާނެކަން ކަށަވަރު ކުރުމަށް ޓަކައި، މިހާރު ބަސް ކިޔަވައިދެމުން އަންނަ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށްވެސް އާދަމް ނަސީރު ވިދާޅުވިއެވެ.

comment ކޮމެންޓް