އަންހެނުންތަކެއް ދަޅަދައްކައިގެން ކޮޓަރިއަށް މީހުން ގެންގޮސް ފޭރެނީ

ޖުލައި 14، 2021: ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެކު ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކި ވާހަކަ ދައްކައި، މީހުންނަށް ދަޅަދައްކައިގެން، އަންހެނުންތަކެއް އިސްވެ މީހުން ފޭރޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރެއްގެ އެޕާޓްމަންޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލަަ އަންނަނީ ތަހުގީގުކުރަމުންނެވެ.

އެއާއެކު ފުލުހުން ވަނީ ކާކުކަން ނޭނގޭ، ނުވަތަ ގޮތް ނޭނގޭ މީހުން ތަންތަނަށް ދާން އެދުނުކަމުގައިވީ ނަމަވެސް ނުދާން އިލްތިމާސްކޮށްފައެވެ.

މި ކަން މިހެން ހިނގާތީ ދެވަނަ ފިޔަވަހީގައި އުޅޭ އާންމު ރައްޔިތުންގެ މެދުގައި ވެސް އެކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

މީހުން ރަހީނުކޮށް ފޭރުމުގެ މައްސަލަތައް މަދުން ނަމަވެސް އަންނަނީ ފެންމަތިވަމުންނެވެ. މީގެ ކުރިން ވެސް އަންހެނުން އިސްވެ މިފަދަ ކުށްކުރި މައްސަލަތައް ވަނީ ފާހަގަވެފައެވެ.

comment ކޮމެންޓް