މާފަންނުގެ ގެއެއްގައި މަރުވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދި އައިމަން

މާލެއިން ގެއްލިގެން ހޯދަމުން އައި އަހްމަދު އައިމަން --

މާފަންނު ގެއެއްގެ ގްރަންޑު ފްލޯގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާއަކީ، ގެއްލިގެން ހޯދަމުން ދިޔަ މއ. ބޯޅަކިންކިރިމާގޭ، އުމުރުން 30 އަހަރުގެ އަހްމަދު އައިމަން ކަމަށް ފުލުހުން ބުނެފިއެވެ.

އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށާފައި ވަނީ މިއަދެވެ.

ހަމައެއާއެކު މާފަންނު ރަބީއުވިލާ ގޭގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު މިއަދު 14:20 އެހާކަންހާއިރު ލިބިގެން ފުލުހުންނަށް ވަނީ އެއީ ކާކުތޯ ދެނެގަތުމަށް ސައިންޓިފިކް ތަހުލީލުތަކެއް ހަދާފައެވެ.

https://sun.mv/192221

އެއަށްފަހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ނިޔާވެފައި އޮއްވާ ރަބީއުވިލާއިން މިއަދު ފެނިފައިވަނީ އައިމަންކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާކަމަށް ފުލުހުން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ބުދަ ދުވަހު ވެސް ހުޅުމާލޭގައި ވޭނެއް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިފައިވެއެވެ. އެ ދުވަހު މަރުވެފައި އޮއްވައި ފެނުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. އެ މީހާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ނެތް ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު