ވޯކް ވިސާއަށްފަހު، ޕާސްޕޯޓު ނެގުމަށް އޮންލައިކޮށް ނަންބަރު ދޫކުރަން ފަށަނީ

ދިވެހި ޕާސްޕޯޓު -- ފޮޓޯ/ ރާއްޖެ އެމްވީ

ވޯކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓު ބަލާދިޔުމަށް އޮންލައިކޮށް ނަންބަރު ނެގޭ ގޮތަށް ބަދަލު ކުރަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމަައިފިއެވެ.

އިމިގްރޭޝަނުން ބުނީ، ވޯކް ވިސާއަށް ފަހު ޕާސްޕޯޓާ ހަވާލުވުމަށް "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ނަންބަރު ނެގޭނެ ކަމަށެވެ. ނަމަވެސް، މީގެކުރިން، ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރީ އިމިގްރޭޝަނަށް ހާޒިރުވުމުންނެވެ.

އެއާއެކު، "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ކިއުގައި ޚިދުމަތް ދެމުންދާ ތަރުތީބު ބަލާލެވޭނެއެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭ އަދި އެޕް ސްޓޯއިން ވެސް ޑައުންލޯޑުކޮށްލެވޭނެއެވެ.

އިމިގްރޭޝަނުން ބުނީ، ވޯކް ވިސާ ޖެހުމަށްފަހު، ފަހެއް ނުވަތަ އެއަށްވުރެ މަދު ޕާސްޕޯޓަށް ނަންބަރު ދޫކުރަނީ ހެނދުނު 9:00 އިން 10:30 ދެމެދު ކަމަށެވެ.

އަދި، އެ ނަންބަރުތަކަށް ޚިދުމަތް ދޭނީ ހެނދުނު 10:00 އިން ހަވީރު 15:00 ދެމެދު ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މީގެއިތުރުން، ހައެއް ނުވަތަ އެ އަދަދަށްވުރެ ގިނަ ޕާސްޕޯޓު ނެގުމަށް ނަމްބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 11:30 އިން 12:30 ގެ ނިޔަލަށް ކަމަށާއި އެ ގަޑީގައި ނަގާ ނަންބަރުތަކަށް މެންދުރު 13:15 އިން 15:00ގެ ނިޔަލަށް ޕާސްޕޯޓު ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

comment ކޮމެންޓް