އެޕަލްގެ ވޯލްޑްވައިޑް ޑިވެލޮޕާ ކޮންފަރެންސް ފެށިއްޖެ

އެޕަލްގެ ވޯލްޑްވައިޑް ޑިވެލޮޕަރ ކޮންފަރެންސް ހޯމަ ދުވަހު ފެށިއްޖެއެވެ. އެޕަލްގެ އުފެއްދުންތަކުގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ އުފެއްދުންތައް މި ކޮންފަރެންސުގައި ތައާރަފު ކުރުން އޮންނާނެއެވެ.

އެޕަލްގެ ގިނަ އުފެއްދުންތަކެއް މި އަހަރުގެ ކުރީކޮޅުގައި ނެރޭ ގޮތަށް ކުރީން ހަމަ ޖެހިފައި އޮތް ނަމަވެސް، އެ އުފެއްދުންތަކަށް ބޭނުންވާ ޗިޕްތައް އިންޓެލްއިން ވަގުތަށް ނުލިބުމުގެ ސަބަބުން، އެކަން އެ ގޮތަށް ކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެހެން ނަމަވެސް މިހާރު ހަބަރު ލިބޭ ގޮތުގައި އެޕަލްގެ އުފެއްދުންތަކަށް ބޭނުންވާ ޗިޕްތައް އިންޓެލްގެ ފަރާތުން ވަނީ ފޯރުކޮށްދީފައެވެ.

އެޕަލްގެ އުފެއްދުންތައް ގަންނަ މީހުން ބުނާ ގޮތުގައި އާ އުފެއްދުންތަކެއް ބާޒާރަށް ނުކުންނާތީ އެމީހުން ތިބީ ވަރަށް ބޮޑަށް ހިތް ހަމަ ޖެހިފައެވެ. އަދި ހަމަ އެހެންމެ އާ އުފެއްދުންތަކުގެ އިންތިޒާރުގައި އެމީހުން ވަނީ މިހާރު ބާޒާރުގައި ހުރި އުފެއްދުންތައް ގަތުން ހުއްޓައިލައިފައި ކަމަށް ވެސް ހަބަރު ލިބެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު