ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު މައުމޫން ފައުންޑޭޝަނުން ހުޅުވާލައިފި

މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ޒުވާނުނަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ދިހަ ސްކޮލާޝިޕަކަށް އެދުމުގެ ފުރުސަތު މައުމޫން ފައުންޑޭޝަނުން ހުޅުވަލައިފި އެވެ.

މައުމޫން ފައުންޑޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ފައުންޑޭޝަންގެ ހިންގާ ކޮމެޓިގެ މެންބަރު އަދި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ވިދާޅުވީ ސްކޮލާޝިޕުގެ ފުރުސަތު ހުޅުވާލާފައި ވަނީ ބެންގަލޫރުގެ ގާޑުން ސިޓީ ކޮލެޖްގައި ކަމަށާއި އަދި މިފަހަރު މައުމޫން ފައުންޑޭޝަނުން ދައްކައިދެނީ ފީގެ ދެބައިކުޅަ އެއްބައި ކަމަށެވެ.

\\\\\\\"މިފަހަރު ކޯސްތަކުގެ ފީގެ ގޮތުގައި ކޯސް ލިބޭފަރާތްތަކުން ދައްކަން ޖެހޭނީ އަހަރަކު 500 ޑޮލަރު. އަނެއްބައި ދައްކާނީ ފައުންޑޭޝަނުން އަދި ރަޖިސްޓްރީ ފީގެ ގޮތުގައި 250 ޑޮލަރު ދައްކަންޖެހޭނެ. އަދި ހުރުމާއި ކެއުމުގެ ކަންތަށް ބަލަހައްޓަން ޖެހޭނީ އެފަރާތަކުން،\\\\\\\" ޔުމްނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު