ބަދިގެތަކަށާއި ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނަށް އަމާޒު ކޮށްގެން، ހޯމް އެޕްލައެންސަށް ޚާއްސަ "ރެޑް ސްޓާ ހޯމް ވެއާ" ރޭ ހުޅުވައިފިއެވެ.
ރެޑް ސްޓާއަކީ ވޭތުވެދިޔަ އަހަރުތަކުގައި ރެސްޓޯރަންޓާއި ރިސޯޓު ބަދިގެތަކަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދީގެން ވިޔަފާރި ކުރަމުން އައި ކުންފުންޏެކެވެ.
ރޭ ހުޅުވި އައުޓްލެޓަކީ ފަރީދީ މަގުގައި ހުރި ފިހާރައެކެވެ. މިއީ ރެޑް ސްޓާގެ ދެވަނަ އައުޓްލެޓެވެ.

ރެޑް ސްޓާގެ އިތުރު އައުޓްލެޓެއް ހުޅުވައިފި: މިފަހަރު މިއީ ގޭތެރޭ ސާމާނަށް ޚާއްސަކޮށްފައިވާ އައުޓްލެޓެއް -- ސަން ފޮޓޯ/ މުހައްމަދު މާނިއު
މި އައުޓްލެޓް ހުޅުވައިދެއްވީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.
"ސަން"އަށް މައުލޫމާތުދެމުން ރެޑް ސްޓާއިން ބުނީ، އަލަށް ހުޅުވި އައުޓްލެޓާ އެކު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޚާއްސަ ޕްރޮމޯޝަނެއް އެ ފިހާރައިގައި ކުރިއަށްދާނެ ކަމަށެވެ.
"ބޮޑަށް އަޅުގަނޑުމެން ފޯކަސް ކޮށްފައިވާނީ ކޮމާޝަލްއާއި ހޯމްއާ ޑޮމެކްސްޓިކް މާކެޓަށް ވަކިކޮށްލަން. ކުރީގައި އަޅުގަނޑުމެންގެ ފިހާރައިގައި ހުރިހާ އެއްޗެއް މިކްސްކޮށް ހުރީމާ ޑޮމެސްޓިކް މާކެޓް ކަސްޓަމަރުންނަށް ވަރަށް ބޮޑު އުނދަގޫ ކަމަކަށްވޭ އައިޓަމް ޗޫޒްކުރަން،" އެ ފިހާރައިން ބުންޏެވެ.

ރެޑް ސްޓާގެ އިތުރު އައުޓްލެޓެއް ހުޅުވައިފި: މިފަހަރު މިއީ ގޭތެރޭ ސާމާނަށް ޚާއްސަކޮށްފައިވާ އައުޓްލެޓެއް -- ސަން ފޮޓޯ/ މުހައްމަދު މާނިއު
ރޭ ހުޅުވި ފިހާރަ ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނަށް ޚާއްސަކޮށްފައިވާއިރު، ފިލިޕްސް، އައިކިއާ، ޕެނަސޮނިކް ހިޓާޗީ ފަދަ ބްރޭންޑުތަކުގެ ތަކެތި ލިބެން ހުންނާނެއެވެ.
މި ފިހާރައިން ބަދިގެއަށް ބޭނުންވާ ތެލި ސެޓާއި، ކާތަށްޓާއި، ބްލެންޑަރު، އުލާއި ސަމުސާ ފަދަ ތަކެތި އެކި ޑިޒައިންތަކުން އެކު ކުލަތަކުގައި ލިބެން އެބަހުއްޓެވެ. ބަދިގެ ސާމާނުގެ އިތުރުން ވެސް ގޭތެރޭގައި ބޭނުންކުރާ އިސްތިރި ފަދަ ސާމާނު ވެސް ލިބެން އެބަހުއްޓެވެ.
ރެޑް ސްޓާގެ މައި އައުޓްލެޓް ކަމުގައިވާ "ރެޑް ސްޓާ ރިސޯޓްވެއާ" ވެސް ހުރީ ފަރީދީ މަގުގައެވެ.

ރެޑް ސްޓާގެ އިތުރު އައުޓްލެޓެއް ހުޅުވައިފި: މިފަހަރު މިއީ ގޭތެރޭ ސާމާނަށް ޚާއްސަކޮށްފައިވާ އައުޓްލެޓެއް -- ސަން ފޮޓޯ/ މުހައްމަދު މާނިއު
ރެޑް ސްޓާގެ ބަދިގެ ސާމާނުގެ ވިޔަފާރި ފެށުނީ މީގެ 20 ވަރަކަށް އަހަރު ކުރިން މާފަންނު ގަޑިބުރު ސަރަހައްދުގައި ހުޅުވި ފިހާރައަކުންނެވެ. ޖާގަ ކުޑަ ނަމަވެސް އޭރު ވެސް ރިސޯޓުތަކަށް ޚާއްޞަ ބަދިގެ ސާމާނު ގަތުމަށްޓަކައި ގިނަ ބަޔަކު އެ ފިހާރަ ޚިޔާރުކުރިއެވެ.
އޭގެ ފަހުން 2022 ވަނަ އަހަރު ހުޅުވި ރެޑް ސްޓާ ރިސޯޓްވެއާ ފިހާރައަކީ ޖާގަ ތަނަވަސް، ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ދެ ފަންގިފިލާގެ ފިހާރައެކެވެ.