އއ. އުކުޅަހު ހިއްކި ސަރަހައްދުގައި ސައިކަލު ދުއްވަނިކޮށް ސައިކަލު ކޮންޓްރޯލުން ނެއްޓި، ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
މި ހާދިސާއާ ގުޅިގެން މިއަދު ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، މި ހާދިސާގައި އަނިޔާވެފައި ވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ. އޭނާއަށް އަނިޔާވެ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދޭކަމުގެ މައުލޫމާތު ލިބުނީ، މިއަދު މެންދުރު 02:30ގައި ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާ ލިބުނު ކުއްޖާގެ އާއިލާ މީހަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ، އިތުރު ފަރުވާއަށް އޭނާ ވަގުތުން މާލެ ގެނައި ކަމަށެވެ. އަދި އައިޖީއެމްއެޗް އެމަޖެންސީއަށް ގެންގޮސް، ލިބިފައިވާ އަނިޔާތައް ދެނެގަތުމަށް ސީޓީ ސްކޭނެއް ހެދިކަމަށް އޭނާ ބުންޏެވެ.
އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ، ކުއްޖާގެ ސިކުނޑިއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. ނަމަވެސް، އަތަށާއި ފަޔަށާއި ބޮލަށް ބޭރުފުށުން ފުންކޮށް ގިނަ އަނިޔާތަކެއް ލިބިފައި ވާކަން އޭނާ ފާހަގަކުރިއެވެ.
ހާދިސާ ހިނގައިދިޔަ ގޮތް ހިއްސާކުރަމުން އޭނާ ބުނީ، ކުއްޖާއަކީ ފަރިތަކަމާއެކު ސައިކަލު ދުއްވަން އެނގޭ ކުއްޖެއް ކަމަށެވެ. އަދި ހިއްކި ސަރަހައްދުގައި މި ހާދިސާ ހިނގީ ރަހުމަތްތެރިންތަކަކާ އެކު އުޅެނިކޮށް ކަމަށް އޭނާ ބުންޏެވެ.
"ހިއްކި ސަރަހައްދުގައި އިން ގަލަކަށް އަރާފައި ފުރޮޅައިލީ. އެއީ އެއްކޮށް ހުސްކޮށް އޮންނަ ސަރަހައްދެއް،" އޭނާ ބުންޏެވެ.
ހާދިސާ ހިނގި ވަގުތު ސައިކަލު މަތީ އިނީ އަނިޔާވި ކުއްޖާ އެކަންޏެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. ކުޑަކުދިން ސައިކަލު ދުއްވުމުގެ ސަބަބުން މިފަދަ ހާދިސާތައް މަދުން ނަމަވެސް ހިނގާފައި ވެއެވެ.
comment ފފ
11 month 1 week ago
ތި އުކުޅަހުމީހުން ނަކީ 3މީހުން 4މީހުން ވެސް އެއްސައިކަލައް އަރުވާގެން ދުއްވާބައެއް އެއީ ގާނޫނައްވުރެ މަތީއުޅޭބައެއް ވެރިން ނަކަށް ބޯލަނބާބައެއްނޫން
comment ވަސީމް
11 month 1 week ago
ގާ އިނީ މިގޮތް ނުބައި ގާއޮތީ
comment ރެދަން
11 month 1 week ago
އަވަސް ސިފާއެއް މިންވަރު ކުރައްވާށި.