މާލޭގައި އެކްސިޑެންޓްތަކެއް ހިނގައި، އެކަކުގެ ބޮލަަށް އަނިޔާވެއްޖެ

މަޖީދީމަގުގައި އެމްބިއުލާންސެއް: މިއަދު ދެ އެކްސިޑެންޓެއްގައި ދެ މީހަކަށް ވަނީ އަނިޔާވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު މާލޭގައި އެކްސިޑެންޓްތަކެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ކޮއިމަލާ ހިނގުމުގައި އަމީނީމަގު ގުޅުން ކަންމަތިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގިކަަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހެނދުނު 08:57 ހާއިރުގައި ކަމަށެވެ.

މި އެކްސިޑެންޓްގައި ބިދޭސީ މީހެއްގެ ފަޔަށް އަނިޔާވިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:50 ހާއިރު ހަވީރީ ހިނގުމުގައި ހުންނަ ފުންހިޔާ ބިލްޑިން ކައިރިން ޕިކަޕަކާ ސައިކަލެއް ޖެހިގެންވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި ދިވެހި ފިރިހެނެއްގެ ބޯ ފަޅައިގެން ގޮސް، ފައިގެ ކަށިމަތިން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ވުމާއެކީގައި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާގެ ހާލު ރަގަޅުކަމަށެވެ.

މިއަދު މާލޭގައި ހިނގި ދެ އެކްސިޑެންޓް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މާލޭ އަދި ހުޅުމާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ހިނގުން މިވަނީ އާންމުވެފައެވެ. މިގޮތުން މާލެ ސަރަހައްދުގައި އާންމުކޮށް ހިނގާ އެކްސިޑެންޓުތަކުގެ ތެރޭގައި ބާރު ސްޕީޑުގައި ދުއްވާފައިދާ ސައިކަލާއި ކާރު ފަދަ އުޅަނދުތައް ޖެހުން ހިމެނެއެވެ.

މިފަދަ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ސީރިއަސް އަނިޔާތައްލިބި، މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.

comment ކޮމެންޓް