ވިލިމާލޭގައި ގޯތި ފިޔަވައި އެހެން އިމާރާތްތައް 10 ބުރިއަށް ނެގުމުގެ ހުއްދަ ދީފި

ވިލިމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ހަދާ ޢިމާރާތްތައް 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދީފިއެވެ.

މާލެ ޕްލޭނިން ގަވައިދަށް ގެނައި ހަތްވަނަ އިސްލާހުގައި ވަނީ އިމާރާތް ކުރުމުގެ ގަވައިދަށް ބައެއް އިސްލާހުތައް ގެނެސްފައެވެ.

ދިހަ ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދިން ނަމަވެސް އެއްވެސް ޢިމާރާތެއްގެ އުސްމިން 30.48 މީޓަރަށްވުރެ އުސްވެގެން ނުވާނެ ކަމަށް ގަވައިދުގައިވެއެވެ.

މިގޮތަށް 10 ބުރިޔާ ހަމަޔަށް ހެދޭނީ އިމާރާތް ހަދާ ގޯތީގެ ބޮޑުމިން 2000 އަކަފޫޓަށްވުރެ ކުޑަ ނޫންނަމައެވެ.

ދެހާސް އަކަފޫޓަށްވުރެ ކުޑަނަމަ ޢިމާރާތްކުރެވޭނީ ހަ ބުރިއަށެވެ. އެއީ 54.134 އަކަފޫޓަށްވުރެ އުސް ނުވާ ވަރަށެވެ.

މީގެ އިތުރުން ވެސް އިމާރާތްކުރުމުގައި ބަލަންޖެހޭ ކަންކަން އެ ގަވައިދުގައި ވަނީ ހިމަނައިފައެވެ.

އުސްކޮށް އިމާރާތްތައް ހެދުމުގެ ހުއްދަ ވިލިމާލޭގައި ދިންއިރު، ހުޅުމާލޭގައި ވެސް އިމާރާތްކުރެވޭ އުސްމިން ބަދަލުކުރުމުގެ މަޝްވަރާތަކެއް އަންނަނީ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް