އޭއައި ޖެނެރޭޓެޑް ފޮޓޯތައް ދެނެގަތުމަށް އޯޕަންއޭއައި އިން އާ ވަސީލަތެއް ތައާރަފްކޮށްފި

--

އޯޕަންއޭއައިގެ ޗެޓްބޮޓް މެދުވެރިކޮށް އުފައްދާ އޭއައި ޖެނެރޭޓެޑް ފޮޓޯތައް ދެނެގަނެވޭނެ އާ ވަޞީލަތެއް އެ ކުންފުނިން ތައާރަފްކޮށްފިއެވެ.

އޯޕަންއޭއައިގެ އާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިމޭޖް އައިޑެންޓިފިކޭޝަން އެންޑް ޑިޓެކްޝަން ޓޫލް ދައްކާލައިފައިވާއިރު، އޭއައި ފާމުން އާ ޓޫލް އިއުލާނުކުރީ އޭއައި ޖެނެރޭޓެޑް ކޮންޓެންޓް އޮތެންޓިކޭޓްކޮށް، އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.

އޭއައި ޖެނެރޭޓެޑް ކޮންޓެންޓް ލޭބަލް ކުރުމަށް ހުޅުވާލެވިފައިވާ މިންގަނޑެއް އެކުލަވާލާފައިވާ ކޯލިޝަން ފޯ ކޮންޓެންޓް ޕްރޮވެންސެންސް އެންޑް އޮތެންޓިކް (ސީ2ޕީއޭ) ކޮމިޓީއާ ވެސް އެ ކުންފުނިން ވަނީ ރަސްމީކޮށް މިހާރުވަނީ ގުޅިފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އޯޕަންއޭއައި އިން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ ކުންފުނީގެ ޑަލް-އީ-ޖެނެރޭޓެޑް ފޮޓޯތަކުގައި މި ސްޓޭންޑަޑް ބޭނުންކުރަމުން އަންނަ އިރު، ފޮޓޯތަކުގެ މެޓާޑޭޓާގައި އޭއައިއާ ގުޅުން ހުރި މައުލޫމާތުތައް އަންނަނީ އިތުރު ކުރަމުންނެވެ.

އޯޕަންއޭއައިއިން ނެރުނު ބްލޮގް ޕޯސްޓެއްގައި ވަނީ އޭއައިއިން އުފައްދާ ކޮންޓެންޓް އުފެދުމާއެކު އުފެދުނު އާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

"ޖެނެރޭޓެޑް އޯޑިއޯވިޒައަލް ކޮންޓެންޓް އާންމުވަމުން އަންނައިރު، އޮންލައިންކޮށް ހޯދާ ކޮންޓެންޓް އުފެއްދުމަށް ބޭނުންކުރާ ވަސީލަތްތައް ދެނެގަތުމަށް އެހީތެރިވެދޭ އާ ޓެކްނޮލޮޖީ އާއި މިންގަނޑުތައް މުޅި މުޖުތަމައުއަށް ބަލައިގަތުމަކީ ވަރަށް މުހިންމު ކަމަކަށް ވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ޗެޓް ޖީޕީޓީ އުފައްދާ ކުންފުނިން ބުނީ އޭއައި ކޮންޓެންޓް އޮތެންޓިކޭޝަނަށް އެހީތެރިވުމުގެ ގޮތުން ތަފާތު ދެ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި އޯޕަންއޭއައި އިން ވަނީ ސީ2ޕީއޭ ކޮމިޓީއާ ރަސްމީކޮށް ގުޅި، ޑިޖިޓަލް ކޮންޓެންޓް ސެޓްފިކޭޝަންގައި ގިނަ ބަޔަކު ބޭނުންކުރާ މިންގަނޑެއްގެ ގޮތުގައި އެ މިންގަނޑު ކަނޑައަޅާފައެވެ.

އަދި މި ސްޓޭންޑަޑަށް ގިނަ އަދަދެއްގެ ސޮފްޓްވެއާ ކުންފުނިތަކާއި ކެމެރާ އުފައްދާ ކުންފުނިތަކާއި އޮންލައިން ޕްލެޓްފޯމްތަކުން ވެސް އަމަލުކުރާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ސީދާކޮށް ދަންނަވާނަމަ، ސީ2ޕީއޭއިން ވަކާލާތުކުރަނީ ފޮޓޯތަކާއި އެހެނިހެން ފައިލް ބާވަތްތަކުގެ މެޓާޑޭޓާގައި މައުލޫމާތު އިތުރުކޮށް، އެ ތަކެތި އުފެއްދި ގޮތް ހާމަކުރުމަށެވެ.

އެގޮތުން ކެމެރާއަކުން ނަގާ ފޮޓޯއެއްގައި ކެމެރާގެ ނަމާއި ސްޕެސިފިކޭޝަން ހިމެނޭއިރު، އޭއައި ޖެނެރޭޓެޑް ފޮޓޯއެއްގައި އޭއައި މޮޑެލްގެ ނަން ހިމެނޭނެއެވެ.

މި ބާވަތުގެ އޮތެންޓިކޭޝަން މެތަޑް ބޭނުންކުރަނީ ތަސްވީރަކުން މެޓާޑޭޓާ ނައްތާލަން ނުވަތަ ބަދަލުކުރަން އުނދަގޫވެ، ކޮންމެ ވެސް ގޮތަކުން ނުވަތަ ސިފައެއްގައި އެ ފޮޓޯ ޝެއާކޮށް، ކްރޮޕް ކުރި ނަމަވެސް، ނުވަތަ ބަދަލުކުރި ކަމުގައި ވިޔަސް އޭގެ އަސްލު ދެމި އޮންނާނެ ގޮތް ހެދުމަށެވެ.

ދެވަނަ ފިޔަވަޅަށް އަލިއަޅުއްވާލައްވަމުން އޯޕަން އޭއައިއިން ބުނީ އޭއައި އިން އުފައްދާ ފޮޓޯތައް ދެނެގަނެވޭނެ އާ ވަސީލަތެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ޓޫލަށް ނަން ނުދީ އެ ކުންފުނިން ވަނީ "އޯޕަން އޭއައިގެ އިމޭޖް ޑިޓެކްޝަން ކްލާސިފާ," ގެ ނަމުން ނަން ދީފައެވެ.

މި ޓޫލް އިން އަންދާޒާ ކުރަނީ ޑަލް-އީ އިން ތަސްވީރެއް އުފެއްދިޔަސް އޭގެ ވަނަވަރު ހާމަކޮށްދޭނެ ކަމަށެވެ.

އެ ޕޯސްޓުގައި ވާގޮތުން ފިލްޓަރު ތައް ބޭނުންކުރި ނަމަވެސް ނުވަތަ ފޮޓޯ ކްރޮޕް ކުރި ނަމަވެސް ހަގީގީ ފޮޓޯތަކާ އަޅާ ބަލާއިރު ޑަލް-އީ-ޖެނެރޭޓެޑް ފޮޓޯތަކުގެ 98 ޕަސެންޓް ރަނގަޅަށް ދެނެގަނެވޭނެއެވެ.

ނަމަވެސް ޑަލް-އީގެ އޭއައި ފޮޓޯތައް އެހެން އޭއައި މޮޑެލްތަކާ އަޅާކިޔާލުމުން މި ޓޫލްއަށް އުނދަގޫތަކެއް ކުރިމަތިވެއެވެ. އޭއައި ފާމުން ބުނީ އެ ހާލަތްތަކުގައި ސާމްޕަލްގެ ގާތްގަނޑަކަށް 5-10 ޕަސެންޓްގައި ޓޫލް އިން ގޯސްތަކެއް ހަދާ ކަމަށެވެ.

ނަމަވެސް އޯޕަންއޭއައި އިން މިހާރު ވަނީ ލިމިޓެޑް ޕަބްލިކް ޓެސްޓިންއަށް މި ޓޫލް ހުޅުވާލައި، ރިސާޗް ލެބްތަކާއި ރިސާޗް އޮރިއެންޓެޑް ޖާނަލިޒަމް ޕްރޮފިޓްތަކަށް އޭއައި ފާމްގައި ރަޖިސްޓްރީކޮށް އެ ޓޫލް އަށް އެކްސެސް ހޯދުމަށް ދައުވަތު ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު