އިނިގިރޭސިވިލާތުގެ އެންމެ ބަރު މީހާ، 33 އަހަރުގައި މަރުވެއްޖެ

އިނގިރޭސިވިލާތުގެ އެންމެ ބަރު މީހާ، ޖޭސަން ހޯލްޓަން: އޭނާގެ ބަރުދަނުގައި 317 ކިލޯ ހުރޭ -- ފޮޓޯ/އެންޑީޓީވީ

އިނގިރޭސިވިލާތުގެ އެންމެ ބަރު މީހާ، ޖޭސަން ހޯލްޓަން މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 33 އަހަރުގެ ހޯލްޓަން މަރުވީ ގުނަވަންތައް ފެއިލްވުމުގެ ސަބަބުންނެވެ. އޭނާގެ ބަރުދަނުގައި ގާތްގަނޑަކަށް 317 ކިލޯ ހުއްޓެވެ.

ހޯލްޓަންގެ މަންމަ، ލެއިސާއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ހޯލްޓަންގެ ހަށިގަނޑު އެންމެ ފުރަތަމަ ފެއިލަވާން ފެށީ އޭނާގެ ކިޑްނީއެވެ. އެހެންވެ، އޭރު އޭނާ ދެން ދިރިހުންނާނީ އެންމެ ހަފުތާއަކު ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ލެއިސާ ބުންޏެވެ.

ހޯލްޓަން ބަލިވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އަލިފާން ނިއްވާ ފަރާތްތަކުގެ އެހީތެރިކަމާ އެކީގައެވެ. ހޮސްޕިޓަލަށް ގެންދިޔައީ ކޮން ސަބަބަކާހުރެ ކަމެއް ނޭނގެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ޖޭސަންގެ ކެއުމުގެ އާދަތައް ފެށިފައިވަނީ އޭނާ ކުޑައިރު، އޭނާގެ ބައްޕަ މަރުވުމާ އެކީއެވެ. އެކަމުގެ ސަބަބުން ދުވާލެއްގެ މައްޗަށް 10،000 ކެލޮރީ އޭނާ ބޭނުންކުރާއިރު، ހެނދުނުގެ ނާސްތާއަށް އޭނާ ބޭނުން ކުރަމުން އަނަނީ ޑޮނާ ކެބާބް ކަމަށް ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް