ޗެޓްޖީޕީޓީގެ ފްރީ ވާޝަނަށް ވުރެ ވަރުގަދަ އޭއައި މޮޑެލްއެއް މެޓާއިން ތައާރަފުކޮށްފި

ލާމާ3 - މެޓާގެ ފުރަތަމަ އޭއައި މޮޑެލް

އޯޕަންއޭއައިގެ ޗެޓްޖީޕީޓީގެ ފްރީ ވާޝަނަށް ވުރެ ބާރުގަދަ ކަމަށް މެޓާއިން ބުނާ އާ އޯޕަން ސޯސް އޭއައި މޮޑެލް އެއް ކަމަށްވާ “ލާމާ 3”މެޓާ އިން ނެރެފިއެވެ.

މިހާރު ވެސް ލާމާ 3އިން މެޓާގެ އޭއައި ޗެޓްބޮޓްތައް ފޭސްބުކް، އިންސްޓަގްރާމް، ވަޓްސްއެޕް، މެސެންޖާ އަދި ވެބް ފަދަ އެކި ޕްލެޓްފޯމްތަކުގައި ކަސްޓަމަރުންނަށް ހިލޭ ބޭނުންކުރެވޭގޮތް ހަދާފައިވާއިރު، މިއީ އާންމުންނަށް ލިބެން ހުރި އެންމެ އެޑްވާންސް ފްރީ އޭއައި ސިސްޓަމް ކަމަށް މެޓާއިން ބުނެއެވެ.

ލާމާގެ ފުރަތަމަ ރިލީޒްގައި އިނގިރޭސި ބަހުގެ ގާބިލުކަމަށް އަލިއަޅުވާލާފައިވާއިރު، ލާމާ3ގެ މުސްތަގުބަލުގެ ވާޝަންތަކުގައި ތަފާތު ބަހަށް ސަޕޯޓް ހިމެނޭނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން މަލްޓިމޯޑަލް ކޮންޓެންޓް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކޮށް، މުޅި ޕާފޯމަންސް ރަނގަޅު ކުރުމަށް މެޓާއިން ވަނީ ރާވާފައެވެ.

އޯޕަން-ސޯސިން ލާމާ 3 މެދުވެރިކޮށް މެޓާގެ އަމާޒަކީ ޒަމާނީ އޭއައި ޓެކްނޮލޮޖީއަށް އެންމެންވެސް އަހުލުވެރިކޮށް ރިސާޗަރުންނާއި ޑިވެލޮޕަރުންނާއި ވިޔަފާރިތަކަށް މި މޮޑެލް އިނޮވޭޓްކޮށް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރާ އިކޯސިސްޓަމެއް އުފެއްދުން ކަމުގައި މެޓާއިން ބުނެއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ އޭއައިގެ މަސައްކަތްތައް އޯޕަން ސޯސްކުރުމުގެ ސަބަބުން ކުރިއެރުން އަވަސްވެ، ފުޅާ ދާއިރާއެއްގައި އެޕްލިކޭޝަންތަކަށް މަގުފަހިވެގެންދާނެ، ލާމާ 3 އަކީ ފެށުމެއް، މި ޓެކްނޮލޮޖީގެ ބޭނުން މުޖުތަމައުގައި ގިނަބަޔަކު ބިނާކުރުވަނިވި ގޮތެއްގައި ހިފާތަން ފެނުމަކީ ވަރަށް އުފާވާނެކަމެއް،" މެޓާގެ ތަރުޖަމާނު ވިދާޅުވިއެވެ.

"ލާމާ 3" ނެރުމަކީ މެޓާގެ އޭއައި ސްޓްރެޓެޖީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވާއިރު، ޓްރާންސްޕޭރެންސީ އާއި އެކްސެސިބިލިޓީ ޕްރޮމޯޓްކޮށް އާޓިފިޝަލް އިންޓެލިޖެންސްގެ ބައުންޑަރީތައް ހަރުދަނާކުރުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން މިކަމުގެ ސަބަބުން ހާމަކޮށްދޭ ކަމަށް ޓެކްދާއިރާގެ މާހިރުން ދެކިލައްވައެވެ.

ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުގެ މެދުގައި އޭއައި ރޭސް ވަރުގަދަވަމުން އަންނައިރު، މެޓާއިން އެންމެ ފަހުގެ މޮޑެލް އޯޕަން ސޯސް ކުރަން ނިންމުމުން މިދާއިރާގައި ކުރިއަރަމުން އަންނަ އޭއައި ކުންފުނިތަކުގެ ސްޓޭންޑް ބަދަލުވެދާނެ ކަމަށް ބެލެވޭކަމަށްވެސް އެބޭފުޅުން ދެކިލައްވައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު