މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފި

މާލޭ އަމީނީ މަގުގައި ފެންބޮޑުވެފައި -- ފޮޓޯ: ސަން/ މުޙައްމަދު ނާއިލް ޙަފީޒް

މޫސުން ގޯސްވުމުގެ ސަބަބުން ހއ އަތޮޅުން ފެށިގެން ފ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެތީވެ، މިއަދު 16:15 އިން 20:15 އަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ.

މެޓްއިން މިއަދު ބުނީ ދަތުރުފަތުރު ނުކުރެވޭ ވަރަށް ކަނޑުތައް ގަދަ ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ވިޔަސް ވައިގަދަ ނުވާނެ ކަމަށް މެޓުން ބުންޏެވެ.

މެޓްއިން ލަފާކުރަނީ ދެ ދުވަސް ފަހުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅު ވާނެ ކަމަށެވެ.

comment ކޮމެންޓް