ހަ ރޯދައަށް ސަރުކާރުގެ ރަސްމީ ގަޑި ކަނޑައަޅައިފި

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރުގެ ރަސްމީ ގަޑިތައް ރައީސް އޮފީހުން އާއްމުކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނިގޮތުގައި މި އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، ހެނދުނު 9:00 ން މެންދުރު 1:00 ކަމަށެވެ.

އެއީ ނިމިދިޔަ ރޯދަ މަހުގެ ވެސް ރަސްމީ މަސައްކަތު ގަޑިއެވެ.

މި ރޯދަ މަހުގެ ފަހު ދިހައަކާއި އީދު ބަންދަށް ފަހު ސަރުކާރު އޮފީސްތައް ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.

އާއްމު މަސްމަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަނޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ.

comment ކޮމެންޓް