އެމްބިއުލާންސަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއްް ހިނގައިފި

ހުޅުމާލޭ ފޭސް ދޭއްގެ ފިތުރޯނު މަގުގައި ސައިކަލަކާއި އެމްބިއުލާންސެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 03:21 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފޭސް ދޭއްގެ ފިތުރޯނު މަގުން ދުއްވާފައި ދިޔަ ސައިކަލަކާއި ހަމަ އެ މަގުން ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ އެމްބިއުލާންސަކާ ޖެހިގެންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވުމާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެކްސިޑެންޓްގައި އަނިޔާވީ ދިވެހި ފިރިހެނަކަށެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން މި ވަނީ އާންމުވެފައެވެ. ގަވާއިދާ ހިލާފަށް ދުއްވާ މީހުންގެ ސަބަބުން ރާއްޖޭގައި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

comment ކޮމެންޓް