ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު އިސްލާމިކް މިނިސްޓަރީ އިން މިއަދު ބަހަން ފަށައިފިއެވެ.
ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމުގެ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާކަމަށެވެ.

ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ރާއްޖެއަށް 5 ޓަނުގެ ކަދުރު ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
މި ދެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ސައުދީގެ ފަރާތުން ސޮއިކުރެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީއެވެ.
ސައުދީ އަރަބިއްޔާ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. ނަމަވެސް މި ފަަހަރު ކަދުރު ބަހަން ފެށިއިރު ރަމަޟާން މަސް މިވަނީ ނިމުމާ ގާތްވެފައެވެ.