މިރޭ ހަނދު ބަލާނެ، ފެނުމުގެ ފުރުސަތު ކުޑަ: ސައުދީ

1445 ވަނަ އަހަރުގެ ފިތުރު އީދަަށް ސައުދީން ހަނދު ބަލާނީ މިއަދު، ފޮޓޯ/ގަލްފް ނޫސް

ކުރިއަށް އޮތް 1445 ވަނަ އަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް ޝައްވާލު މަހުގެ ހަނދު ސައުދީ އަރަބިއްޔާއިން ބަލާނީ މިއަދު ކަމަށް އެ ގައުމުގެ ސްޕްރީމުން ކަނޑައަޅައިފިއެވެ.

ހަމަ ލޮލުން ނުވަތަ ބައިނޮކިއުލާއިން ވިޔަސް ހަނދު ފެނިއްޖެނަމަ، އެންމެ ކައިރީގައި ހުންނަ ކޯޓަށް ގޮސް ހެކިބަސް ދިނުމަށް ސްޕްރީމް ކޯޓުން ވަނީ އެދިފައެވެ.

ފަލަކީ އިލްމުވެރިންނާއި ދީނީ ކޮމިޓީތަކުން ލަފާކުރާ ގޮތުން ޝައްވާލް މަހުގެ ހަނދު މިރޭ ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ހަނދު ނުފެނިއްޖެނަމަ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް އަދި ފިތުރު އީދު ދުވަހަށް ވާނީ މި މަހުގެ 10 ވާ ބުދަ ދުވަހެވެ. އެ ދުވަހު ގިނަ މުސްލިމު ގައުމުތަކަށް ހަނދު ފެންނާނެ ކަމަށް ފަލަކީ އިލްމުވެރިން ލަފާކުރެއެވެ.

ރާއްޖޭގައި ވެސް މިރޭ ހަނދު ސާބިތު ކުރުން އޮންނާނެއެވެ.

comment ކޮމެންޓް