އީދު ފާހަގަކުރުމަށް މާލެ އާއި ބޮޑެތި ރަށްތައް ކުލަ ބޮކިތަކުން ދިއްލާލަނީ

އީދު ފާހަގަކުރުމަށް މާލެ އާއި ބޮޑެތި ރަށްތައް ކުލަގަދަ ބޮކިތަކުން ދިއްލާލަނީ--

މި އަންނަ ފިޠުރު އީދު ދުވަހުގެ މުނާސަބާގައި މާލޭ އާއި ރާއްޖެތެރޭގެ ބޮޑެތި ރަށްތައް ކުލަ ބޮކިތަކުން ދިއްލައި ޒީނަަތްތެރިކުރުމުގެ މަސައްކަތް ލޯކަލް ގަވަނަސް މިނިސްޓްރީން ފަށައިފިއެވެ.

މިގޮތުން ސަރުކާރުގެ މުއައްސަސާތަކުން ގުޅިގެން މާލޭއާއި ރާއްޖޭތެރޭ އެކި ރަށްތައް ދަނީ، ބޮކިތަކުން ޒީނަތްތެރި ކުރަމުންނެވެ. މިއަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ ރައްޔިތުންނަށް ވެސް ޢީދުގެ އުފަލުގައި ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މާލޭ ސިޓީގެ އިތުރުން ރަށްތަކުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމުގެ ބޭނުމަކީ ރާއްޖޭގައި އޮންނަ އިސްލާމީ ތަސައްވަރާއި، އިސްލާމީ އުސޫލުތަކުގެ މަތިން ވީހާ ވެސް ގިނަ ރައްޔިތުންނަށް އީދު ފާހަގަކުރުމުގެ ފުރުސަތު ހޯދައިދިނުންކަމަށް ސަރުކާރުން ބުނެއެވެ.

އީދު ފާހަގަކުރުމަށް މާލެ އާއި ބޮޑެތި ރަށްތައް ކުލަގަދަ ބޮކިތަކުން ދިއްލާލަނީ---

އެގޮތުން އިސްލާމީވަންތަކަން ދައްކުވައިދޭ ލައިޓްތައް ހަރުކުރުމުގެ އިތުރުން ތަކްބީރުގެ އަޑު އިއްވުން އިއްވުން ހިމެނެއެވެ. އަދި ރަށްރަށުގައި ވެސް މަގުތަކުގައި ޢީދަށް ޚާއްސަ ކުލަބޮކި ލުމާއި މަގުމަތީގައި ގިޑިގެ ހެދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

މިކަން ތައާރަފްވީ މި ފަހުން މުޅިން އަލަށް މިދިޔަ އަހަރުގެ ބޮޑު އީދުގައި މާލޭ މޭޔަރުކަމުގައި ހުންނަވައިގެން މިހާރުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު އެ މަނިކުފާނުގެ އިސްނެންގެވުމާއެކު މާލޭގެ މަގުތައް ކުލަގަދަ ބޮކިތަކުން ޒީނަތްތެރި ކުރެއްވުމާއެކުގައެވެ.

ރައީސްގެ މި މަސައްކަތްޕުޅަށް ވަނީ ގިނަ ބައެއްގެ ތަރުޙީބު ލިބިފައެވެ.

ކުލަގަދަކޮށް އީދު ފާހަގަކުރުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭ ހުރިހާ ސިޓީއަކާއި އަތޮޅުގެ ވެރިކަން ކުރާ ރަށެއްގައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކުލަ ގަދަކޮށް އީދު ފާހަގަކުރައްވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް