މެޓްރިކްސްގެ ފަސްވަނަ ބައެއް ވެސް ނެރެނީ

ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ހޮލީވުޑްގެ އެންމެ މަގުބޫލު އެއް ފްރެންޗައިޒް ކަމަށްވާ "ދަ މެޓްރިކްސް"ގެ ފަސްވަނަ ބައެއް ވެސް ނެރުމަށް ނިންމައިފިއެވެ.

އޮރިޖިނަލްކޮށް ޓްރިލޮޖީއެއްގެ ގޮތުގައި ގެނެސްދިން މެޓްރިކްސް އަކީ 2000ގެ ކުރީކޮޅުގައި ބޮޑު މަގުބޫލުކަމެއް ހޯދި ޕޮޕް ކަލްޗާގެ ތެރޭގައި ހިމެނޭ ބޮޑު ފްރެންޗައިޒް އެކެވެ. ދަ މެޓްރިކްސްގެ މަގުބޫލު ކަމާ ގުޅިގެން ހަތަރު ވަނަ ބައެއް ފިލްމުގެ ނެރެފައިވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

ކާމިޔާބު ރީބޫޓަކާއެކު އެންމެ ފަހުން މިއޮތީ ފްރެންޗައިޒްގެ ފަސްވަނަ ބައެއް ވެސް ނެރޭނެ ކަމަށް އިއުލާނުކޮށްފައެވެ. ވޯނަބްރޮސް އިން ފިލްމު އިއުލާނު ކުރި ނަމަވެސް ފިލްމާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. އެގޮތުން ފިލްމު ރިލީޒްކުރާނެ ދުވަހެއް އަދި ޝޫޓިންގެ މަސައްކަތް ފަށާނެ ދުވަހެއް ވެސް ނޭނގެއެވެ.

މެޓްރިކްސްގެ ފަސްވަނަ ބައި ޑައިރެކްޓު ކުރުމަށް ހަމަޖެހިފައިވަނީ ހަތަރުވަނަ ބައި ވެސް ޑައިރެކްޓު ކުރި ޑްރޫ ގޮޑާޑް އެވެ.

ފިލްމުގެ ކާސްޓު ވެސް އިއުލާނު ކޮށްފައި ނުވާ އިރު ފިލްމުގެ ލީޑް އެކްޓަރު ކިއާނޫ ރީވްސް ލީޑުން ފެންނާނެ ކަމަށް ބެލެވެއެވެ. އޭގެ އިތުރުން ފިލްމުގެ އިތުރު އެކްޓަރެއްގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

މެޓްރިކްސް އަކީ ޓެކްނޮލޮޖީގެ ސަބަބުން ދިމާވާ ބޮޑެތި މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މީގެން ފެންނަނީ އާޓިފިޝަލް އިންޓެލިޖެންސްއާ އިންސާނުން ކުރާ ހަނގުރާމައެކެވެ.

މެޓްރިކްސްގެ ފުރަތަމަ ފިލްމް ނެރިފައިވަނީ 1999 ވަނަ އަހަރުއެވެ.

އެންމެ ފުރަތަމަ ނެރުނީ ދަ މެޓްރިކްސްއެވެ. ދެން ފެނުނީ 2003 ވަނަ އަހަރު ދަ މެޓްރިކްސް ރީލޯޑަޑް އަދި ދަ މެޓްރިކްސް ރެވޮލިއުޝަންސްއެވެ.

comment ކޮމެންޓް