2020ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޓެސްލާގެ ވިޔާފަރި ދަށަށް

ޓެސްލާގެ އެންމެފަހުގެ ސައިބަޓްރަކް -- ފޮޓޯ: ރޮއިޓާސް

މަހުޖަނު އިލޮން މަސްކްގެ ޓެސްލާއިން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިލެކްޓްރިކް ވެހިކަލްގެ ވިޔަފާރި ދަށަށް ގޮސްފައިވާއިރު، މިއީ 2020 ވަނަ އަހަރަށްފަހު އެ ކުންފުނީގެ ސޭލްސް އަހަރުން އަހަރަށް ދަށްވި ފުރަތަމަ ފަހަރެވެ.

2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން 386،810 ވެހިކަލް ޑެލިވަރީ ކޮށްފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރުގައި 484،507 ވެހިކަލް ޑެލިވަރީ ކުރި އަދަދަށްވުރެ 20 ޕަސެންޓް ދަށް އަދި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އަށް ޕަސެންޓް ދަށް އަދަދެކެވެ.

އެހެން ނަމަވެސް މީގެ ކުރިން އަންދާޒާ ކޮށްފައިވަނީ އެކުންފުނީގެ 449،080 ޑެލިވަރީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ވިކޭނެކަމަށެވެ.

އެކުންފުނީގެ މާލީ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން ޓެސްލާގެ ވިޔަފާރި ދަށްވާން ދިމާވި ސަބަބުތަކުގެ ތެރޭގައި ޖަރުމަނުގެ ބާލިންގައި ހުރި ޓެސްލާގެ މައި ފެކްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ބާލިންގެ ފެކްޓްރީތައް ވަގުތީ ގޮތުން ބަންދުކުރުމާއި، ރަތް ކަނޑުގެ ޝިޕިންއަށް ޙޫޘީން ހުރަސްއެޅުމުގެ ސަބަބުން ދެ ހަފުތާގެ މުއްދަތަށް ޕްރޮޑަކްޝަން ހުއްޓިފައި ވުން ހިމެނެއެވެ.

އަދި މީގެ އިތުރުން ޓެސްލާ އިން ވަނީ އެ ކުންފުނީގެ އަޕްޑޭޓް ކޮށްފައިވާ މޮޑެލް 3 ގެ އާލީ ޕްރޮޑަކްޝަން ރޭމްޕަކީ ވެސް ޑެލިވަރީ ނަމްބަރުތަކަށް އަސަރުކުރާ ކަމެއް ކަމަށް ބުނެފައެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެސްލާއިން 433،371 ވެހިކަލް އުފެއްދިއިރު، އެއީ 412،376 މޮޑެލް 3-އެސް އަދި މޮޑެލް ވައިއެސް ޕްލަސް 20،995 އެވެ. މޮޑެލް ތިނެއް އަދި މޮޑެލް ވައި ވެހިކަލްތަކުގެ ތެރެއިން 369،783 އުޅަނދު ޑެލިވަރީ ކުރި ނަމަވެސް ސައިބާޓްރަކް ޑެލިވަރީގެ ތަފާސް ހިސާބުތައް ހާމަކޮށްފައެއް ނުވެއެވެ.

ޓެސްލާގެ ވިޔާފަރި ދަށްވެފައި މިވަނީ ޓެސްލާ ގެ މާސް މާކެޓް މޮޑެލްސް 3/Y ގެ ކުރިއެރުމާއި 2025 ވަނަ އަހަރުގެ ފަހުކޮޅު އެއަށްވުރެ އަގުހެޔޮ އީވީއެއް އަންނާނެ ކަމަށް ބެލެވޭ ވާހަކަތަކުގެ ސަބަބުންވެސް މަޑުޖެހުމަކަށް ޓެސްލާ ދަތުރުކުރަމުންދާ ކަމުގެ އިންޒާރު ސީއީއޯ އެލޮން މަސްކް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

މަސްކް ވަނީ މިއަހަރު ވިއްކާ މިންވަރު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް އިންވެސްޓަރުންނަށް އިންޒާރު ދެއްވާފައެވެ.

ޓެސްލާގެ އެފްއެސްޑީ ޑްރައިވަރު-އެސިސްޓެންސް ސިސްޓަމް ހިލޭ ޓްރަޔަލްކުރުމާއި، ވެހިކަލްތައް އަގު ހެޔޮވާނެ ކަމުގެ އިޝާރާތެއް ދިނުން ފަދަ ޕްރޮމޯޝަނަލް މަސައްކަތްތަކުގެ ތެރެއިން ކުއާޓަރުގެ ފަހުކޮޅު ސޭލްސް އިތުރުކުރުމަށް މަސައްކަތް ކުރިއެވެ.

އެ ކުންފުނިން ވަނީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ހުރިހާ މޮޑެލް ވައި ޓްރިމްތަކެއްގެ އަގުން 1،000 ޑޮލަރު ދަށް ކޮށްފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ޓެސްލާގެ ވިޔަފާރީގެ މިދަށްވުމަކީ ފޯޑް، ޖީއެމް އަދި ވޮކްސްވެގަން ފަދަ އާދަޔާ ހިލާފު ކާރު އުފައްދާ ކުންފުނިތަކުން އީވީ މާކެޓްގައި ވާދަވެރިކަން އިތުރުވަމުންދާ ކަން ހާމަކޮށްދޭ ކަމެކެވެ.

comment ކޮމެންޓް