އެކައުންޓެއް ނެތަސް މިހާރު ޗެޓްޖީޕީޓީ ބޭނުން ކުރެވޭނެ

އޯޕަންއޭއައިގެ ވައިރަލް އޭއައި ޗެޓްބޮޓް ޗެޓްޖީޕީޓީ ބޭނުންކުރާ ފަރާތްތަކަށް އެކައުންޓެއް ނުހަދައި އެ އެޕްލިކޭޝަނަށް ވަނުމުގެ ފުރުސަތު ދީފިއެވެ.

ޗެޓްޖީޕީޓީގެ ވެބްސައިޓަށް ޒިޔާރަތްކޮށް، ލޮގިން ޕްރޮސެސްއަކަށް ނުގޮސް ވަގުތުން ޖީޕީޓީ-3.5 ޕަވާޑް އޭއައި އެސިސްޓެންޓާ ވާހަކަ ދެއްކުމުގެ ފުރުޞަތު ހޯމަ ދުވަހުން ފެށިގެން ވަނީ ޢާއްމުކޮށް ހުޅުވާލައިފައެވެ.

މި "އިންސްޓަންޓް އެކްސެސް" ތަޖުރިބާ އޯޕަންއޭއައި އިން ހުޅުވާލީ ޗެޓްޖީޕީޓީ ފަދަ ވަސީލަތްތައް ފުޅާ ދާއިރާއެއްގައި ޢާންމުންނަށް ފަސޭހަކަމާއެކު ލިބެން ހުންނާނެ ގޮތް ހެދުމުގެ ވިސްނުމުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

"އެކައުންޓް ރިކުއާމަންޓަކާ ނުލައި ޗެޓްޖީޕީޓީއަށް ވަނުމުގެ މަސައްކަތް މަޑުމަޑުން ކުރިއަށް ގެންދަނީ،" މި ކަމުގެ ސަބަބުން ގިނަ ބަޔަކަށް އޭއައިގެ ފައިދާ ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެ," އޯޕަންއޭއައިގެ ތަރުޖަމާނު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

އެ ކުންފުނިން ބުނީ 185 ގައުމެއްގެ 100 މިލިއަނަށް ވުރެ ގިނަ މީހުން ހަފުތާއަކު ޗެޓްޖީޕީޓީ ބޭނުން ކުރާ ކަމަށެވެ. އަދި އެކައުންޓް ބެރިއަ ނައްތާލުމުން އެ އަދަދުތައް އިތުރަށް މަތިވެ، ޕްރިމިއަމް ޖީޕީޓީ-4 އެކްސެސްގެ އެކައުންޓްތައް އުފެއްދުމަށް އިތުރު ކަސްޓަމަރުންނަށް ހިތްވަރު ލިބިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

އޯޕަންއޭއައި އިން ބުނީ އެކުންފުނީގެ ބަހުގެ މޮޑެލްތައް އިތުރަށް ތަމްރީނުކުރުމަށް ޓަކައި މުއްސަނދި ޑޭޓާސެޓެއް ހޯދަމުން ދާކަމަށެވެ. އެއީ އެ ކުންފުނީގެ ޗެޓްބޮޓް މުސްތަގުބަލުގައި އޭއައި އެސިސްޓެންޓުންނަށް އެނޮމިނަސްކޮށް ރަނގަޅު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެކުންފުނިން ބުނެއެވެ.

ޗެޓްޖީޕީޓީ ފަދަ މުއްސަނދި ބަހުގެ މޮޑެލްތަކުން އަދިވެސް ޓްރެއިނިން ޑޭޓާގެ ގޮތުގައި ޔޫޒަރުންގެ ވާހަކަތައް ބޭނުން ކޮށްގެން އޮޕްޓް އައުޓް ކުރެވޭއިރު، އިންސާނުންނާއި އޭއައިގެ މުއާމަލާތްތަކުގައި ބަހުގެ މޮޑެލްތަކުން ނޭނގި ހިއްސާކުރާ އަމިއްލަ މައުލޫމާތު ބޭނުންކުރާތީ މާހިރުން ވަނީ ޕްރައިވެސީގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު