އަޑު ކްލޯންކޮށްގެން އޯޑިއޯ އުފެއްދޭ ޓޫލެއް އޯޕަންއޭއައިއިން ތަޢާރަފްކޮށްފި

އޯޕަންއޭއައި ޗެޓްޖީޕީޓީ --

އާޓިފިޝަލް އިންޓެލިޖެންސް ރިސާޗް ކުންފުނި އޯޕަންއޭއައި އިން އިންސާނުންގެ އަޑުތައް ކްލޯންކޮށްގެން އަސްލު މީހުންގެ އަޑާ އެއްފަދަ އަޑުތައް އުފެއްދޭނެ ބާރުގަދަ އާ އޭއައި ޓޫލެއް ތައާރަފްކޮށްފިއެވެ.

ވޮއިސް އިންޖީންގެ ނަމުން ނަންދީފައިވާ ޓެކްސްޓް-ޓު-ސްޕީޗް އޭއައި މޮޑެލްއަކީ ހަގީގީ މީހުންގެ އަޑުތަކާއި އިންޓޯނޭޝަންތަކާއި ކެޑެންސްތައް ހައިރާންކުރުވަނިވި ސައްހަކަމާއެކު ނަކަލުކުރާ އިންސާނުން ފަދަ ސްޕީޗް ވޯކަލްތައް އުފައްދައިދޭ މޮޑެލްއެކެވެ. އެ ކަމަށް ބޭނުންވަނީ މީހަކު ވާހަކަ ދައްކާ 15 ސިކުންތުގެ ކުރު ރެކޯޑިންއެކެވެ.

އޯޕަންއޭއައިއިން ބޭއްވި ޑެމޮންސްޓްރޭޝަނެއްގައި ވަނީ ސީއީއޯ ސޭމް އޮލްޓްމަންގެ އަޑު ނަކަލުކޮށް ކޮމްޕިއުޓަރުން އުފައްދާފައިވާ ކްލިޕެއް ދައްކާލައިފައެވެ. އޯޕަންއޭއައިގެ އެ ޓޫލް ބޭނުންކޮށްގެން އުފައްދާފައިވާ އެ އޯޑިކޮޅު އޯލްޓްމަންގެ އަސްލު އަޑާ އެއްވެސް ތަފާތެއް ނެތްއިރު، އެއީ ސީދާ އޭއައިގެ އުފެއްދުމަށްކަމަށް އޯލްޓްމަން ބުނެއެވެ.

މި ޓެކްނޮލޮޖީގެ ބޭނުން ދިރިއުޅުމުގައި ފައިދާހުރި ކަންކަމުގައި ބޭނުން ކުރެވުނަސް، އޮޅުވާލުމާއި އަބުރު ކަތިލުން ފަދަ ނުބައި ގޮތްގޮތަށް މިޓެކްނޮލޮޖީ ބޭނުންކުރުމަށް އެކި މީސް މީހުންގެ އަޑުތައް ނަކަލުކުރުމުގެ ފުރުސަތު އޭއައި ސިސްޓަމްތަކަށް ދިނުމުގެ "ސީރިއަސް ނުރައްކާ" އޮތް ކަން އޯޕަންއޭއައި އިން ވަނީ ގަބޫލުކޮށްފައެވެ.

އޯޕަންއޭއައިގެ ޒިންމާދާރު ރިލީޒް ސްޓްރެޓެޖީ ތަފްސީލުކޮށް ބްލޮގް ޕޯސްޓެއްގައި ލިޔެފައި ވަނީ އެހެންމީހުންގެ އަޑުތަކާ އެއްގޮތް ފޭކް ސްޕީޗް އުފެއްދުމަކީ ސީރިއަސް ނުރައްކާތަކެއް ހުރި ކަމެއް ކަން ގަބޫލުކުރާ ކަމަށެވެ.

ސެން ފްރެންސިސްކޯ ކުންފުނި އޯޕަން އޭއައި އިން އެންމެ ފުރަތަމަ ރާވާފައި ވަނީ ވޮއިސް އިންޖީނު ޓެސްޓު ކުރާ 100 އެއްހާ މީހުން ހިމެނޭ ގޮތަށް ފުޅާ ޑިވެލޮޕަރ ޕްރިވިއުއެކެވެ.

ނަމަވެސް ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި އެހެނިހެން މާހިރުންނާ މަޝްވަރާ ކުރުމަށްފަހު އޯޕަންއޭއައި އިން ވަނީ ގާތްގަނޑަކަށް 10 ކުންފުންޏަކާއި ޖަމިއްޔާއަކުން މި ޓްރަޔަލް އަނބުރާ ގެންގޮސްފައެވެ.

އަދި ބައިވެރިވާ ފަރާތްތަކުން އޭއައި ބޭނުންކުރުމުގެ ސިޔާސަތުތަކަށް އެއްބަސްވެ، މީހެއްގެ އަޑު ރިކްރިއޭޓް ކުރުމުގެ ކުރިން ރުހުން ހޯދުމާއި، އަޑުތައް އޭއައި ޖެނެރޭޓް ކުރިކަން ހާމަކުރަން ޖެހެއެވެ. ވޮއިސް އިންޖީނުގެ އޯޑިއޯ ދެނެގަތުމަށް އޯޕަންއޭއައި އިން އަޑު އިވޭ ވޯޓާމާކްތައް ވެސް ދަނީ އުފައްދަމުންނެވެ.

އޯޕަންއޭއައި އިން ބުނީ ބޭންކުތަކުން ތަޢާރަފްކޮށްފައިވާ ވޮއިސް އޮތެންޓިކޭޝަން އާއި ޑީޕްފޭކް މީޑިއާ އުފެއްދުން ފަދަ މުސްތަގުބަލުގައި އޭއައި ގެ ނުރައްކާތަކާ ދެކޮޅަށް "ސޯޝަލް ރެޒިލިއަންސް" ހަރުދަނާ ކުރުމަށް ގޮވާލާ ކަމަށެވެ.

ބާރުގަދަ އޭއައި ސިސްޓަމްތައް މިނިވަންކަމާއެކު ޢާއްމުންނަށް ދޫކުރާއިރު، އޯޕަންއޭއައި އިން އަންނަނީ ޓެކްނޮލޮޖީ އިތުރަށް ކުރިއަރާ، ކޮންޓްރޯލް ކުރަން އުނދަގޫވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ބާރު އަޅަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު