ދިރާގުގެ ގުޑިފެސްޓް މާދަމާ ހުޅުމާލޭގައި ބާއްވަނީ

ދިރާގުގެ ގުޑިފެސްޓް އިވެންޓް ގެ ތެރެއިން---ފޮޓޯ: ދިރާގު

ދިރާގު ގުޑިފެސްޓް މާދަމާ ހުޅުމާލޭގައި ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މި ހަރަކާތަކީ ހަައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 5:00 އިން 6:00 އަށް ދިރާގު ބީޗް، ހުޅުމާލެ ފޭސް އެންޓްރެންސްގައެވެ.

އަދި މި އިވެންޓަށް އަންނަ ކޮންމެ ކުއްޖަކަށްވެސް ހިލޭ ގުޑިއެއް ލިބޭނެކަމަށް ދިރާގުން މައުލޫމާތު ދިނެވެ. މި ހަރަކާތަކީ ހުރިހާ އުމުރުފުރައަކަށް ޚާއްސަކޮށްގެން ދިރާގުން މިދިޔަ އަހަރު ރަމަޟާން މަހު ތަޢާރަފުކުރި ޕުރޮގްރާމެކެެވެ.

ދިރާގު ގުޑިފެސްޓާ ބޭއްވުމުގެ މަގުސަދަކީ ރަމަޟާން މަހު ދިވެހިންގެ މެދުގައި އޮންނަ ޒަމާންވީ، ސަގާފީ އާދަކާދައެއް ކަމަށްވާ ގުޑި އެރުވުމުގެ ހަރަކާތަށް ގިނަ ކުދިން އަހުލުވެރި ކުރުވުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ވޭތުވެދިޔަ ރަމަޟާން މަހެކޭ އެއްފަދައިން މި އަހަރުވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާނެކަމަށް ދިރާގުން ބުންޏެވެ.

މި ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް އިވެންޓް ވަނީ މިދިޔަ އަންގާރަ ދުވަހު މާލޭ އުސްފަސްގަނޑުގައި ބާއްވާފައެވެ. މި ހަރަކާތަށް ވަނީ އާންމުންގެ ހޫނު ތަރުޙީބެއް ލިބިފައެވެ.

ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ހިތްގައިމު ހަރަކާތްތަކާއި އޮފާތައް ގެނެސްދެމުންނެވެ.

comment ކޮމެންޓް