ހުޅުމާލެއިން ގެއްްލުނު ޒުވާނާ ފެނިއްޖެ

ގެއްލިގެން ހޯދި އަކުރަމް ފެނިއްޖެ---

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު ޒުވާނާ ރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ މާލެ، މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (25އ) ރޭގެ ވަގުތެއްގައި ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

އާއިލާއަށް ޚަބަރެއް ނުވެގެން އަކްރަމް ގެއްލިގެން ރިޕޯޓްކުރީ އިއްޔެ 19:22 ހާއިރުގައެވެ. އޭނާ ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޭނާ ދިރިއުޅޭ އެޗް 15 ޓަވަރުން ހޮނިހިރު ދުވަހުގެ 13:15 ހާއިރުކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދިނެވެ.

މީހުން ގެއްލުމުގެ ރިޕޯޓު ދޭތެރެއަކުން ފުލުހަށް ހުށަހެޅި ނަމަވެސް، އިއުލާނު ކުރާތާ މަދު ވަގުތުކޮޅެއް ތެރޭ ގިނަ ފަހަރަށް އެމީހުން އަމިއްލައަށް އާއިލާއާ ހަވާލުވެއެވެ.

comment ކޮމެންޓް