ވަޓްސްއެޕުން އޭއައި އިމޭޖް އެޑިޓިން ޓޫލެއް ތައާރަފް ކުރަނީ

ވަޓްސްއެޕް: ސޭފްޓީއާ ޕްރައިވެސީއަށް ޚާއްޞަ އެޕްލިކޭޝަނެއް --

މަޝްހޫރު މެސެޖިން އެޕް ވަޓްސްއެޕުން އޭއައި އިމޭޖް އެޑިޓިން ޓޫލެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.

އިތުބާރު ހުރި ލީކް ޓްރެކަރެއްގެ ރިޕޯޓްތަކުން ހާމަވެފައިވާ ގޮތުގައި ވަޓްސްއެޕުން މަސައްކަތް ކުރަމުން ދަނީ އާ އޭއައި ޕަވާޑް ކެޕޭސިޓީއެއް އެ ޕްލެޓްފޯމަށް އިންޓަގްރޭޓް ކުރުމަށެވެ.

އެ ރިޕޯޓްތަކުން އެނގިފައިވާ ގޮތުގައި ވަޓްސްއެޕްގެ ކުރިއަށް އޮތް އަޕްޑޭޓަކުން ބެކްގްރައުންޑް މޮޑިފައިކޮށް، ފޮޓޯތައް ރީސްޓައިލްކޮށް، އިމޭޖް ޑައިމެންޝަންތައް ފުޅާކުރެވޭނެ އޭއައި އިމޭޖް އެޑިޓިން ޓޫލެއް ތައާރަފް ކުރާނެއެވެ.

އަދި މީގެ އިތުރުން ވެސް ވަޓްސްއެޕުން އަންނަނީ މެޓާގެ އޭއައި އެސިސްޓެންޓާ ސީދާ އެޕްގެ ސާޗް ބާއިން ސުވާލު ކުރެވޭނެ ފީޗާއެއް ވެސް ތަރައްގީކުރަމުން ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

މި ފީޗާ ރަސްމީކޮށް ރޯލްއައުޓް ކުރުމުގެ ކުރިން، މި ތަފްސީލުތައް ލިބިފައިވަނީ ވަޓްސްއެޕް ފީޗާތައް ހާމަކުރުމުގެ ހަރުދަނާ ރެކޯޑެއް އޮންނަ ޓްރެކަރެއް ކަމަށްވާ ޑަބްލިއުއޭބީޓާއިންފޯއިންނެވެ.

އާ ފީޗާތަކުގެ ސްކްރީން ޝޮޓެއް

އެންމެ ފަހުގެ ވަޓްސްއެޕް އެންޑްރޮއިޑް ބީޓާ (ވާޝަން 2.24.7.13) ގައި "އޭއައި ޕަވާޑް އިމޭޖް އެޑިޓަރެއް"ގެ ކޯޑް ރެފަރެންސް ކޮށްފައިވާ ކަމަށާއި، މި ފީޗާ މެދުވެރިކޮށް ފޮޓޯތައް ފޮނުވާއިރު "ބެކްޑްރޮޕް"، "ރެސްޓައިލް" އަދި "އެކްސްޕެންޑް" ލޭބަލް ކޮށްފައިވާ އޮޕްޝަންތައް ފެންނައިރު، ބެކްގްރައުންޑް ބަދަލުކުރުމާއި، ފިލްޓަ އިފެކްޓްސް އެޕްލައިކޮށް، ކެންވަސް ސައިޒް އިތުރުކުރުން އޭއައިގެ ގާބިލުކަމަށް އިތުރުކޮށްފައިވާ ކަމަށް އެ ރިޕޯޓްގައިވެއެވެ.

ޑަބްލިއުއޭބީޓާއިންފޯގެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ބީޓާ ވާޝަން 2.24.7.14 އިން މެޓާގެ ޖެނެރޭޓިވް އޭއައި އެސިސްޓެންޓް އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަން ހާމަވާ ކަމަށެވެ.

މެޓާގެ އޭއައިއަށް ބޭނުންވާ ސުވާލުތައް ސީދާ ވަޓްސްއެޕްގެ އެންމެ މަތީގައި ވާ ސާޗް ބާއަށް އެންޓާ ކުރުމުގެ ޤާބިލުކަން އިތުރު ކުރުމުގެ މަަސައްކަތްކުރާކަން ވެސް އެ ކޯޑުން ދައްކުވައިދޭ ކަމަށެވެ.

މި ދެ އޭއައި ފީޗާ ވެސް ތަރައްގީ ކުރަމުން އަންނައިރު، އަދި ޓެސްޓު ނުކުރެވޭ އިރު، އެ ފީޗާތަކުގެ އެންމެ ފަހުގެ ރޯލްއައުޓްގެ ސަބަބުން އެންޑްރޮއިޑް އަދި އައިއޯއެސްގައި ވަޓްސްއެޕްގެ އެތައް ބިލިއަން ޔޫޒަރުންނަށް އެޑްވާންސް އިމޭޖް މެނިޕިއުލޭޝަން އެކްސްޕީރިއަންސް ކޮށްލަން ލިބޭއިރު، އަދި އޭއައި އާ ސުވާލުކޮށް ޖަވާބު ހޯދުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

އަދި ފޮޓޯއެއް ފޮނުވުމުގެ ކުރިން އޭއައި ޓޫލްސް ބޭނުންކޮށްގެން ފޮޓޯތަކަށް ޓަޗްއަޕް ކުރުމުގެ އިތުރުން އޭއައި ޖެނެރޭޓެޑް ކެޕްޝަން ފަދަ ޚިދުމަތްތައްވެސް ލިބޭނެއެވެ.

comment ކޮމެންޓް