މާލޭ ސަރަހައްދުގެ މިސްކިތްތައް ބަލަހައްޓަން ދިވެހީން ހޯދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރި އާ މިސްކިތް: -- ފޮޓޯ/ މިނިސްޓްރީ

މަލޭ ސަރަހައްދުގެ މިސްކިތްތައް ބަލަހައްޓަން ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، މާލެ އަދި ހުޅުމާލޭގެ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި، ސުޕަވައިޒްކޮށް ބެލެހެއްޓުމުގެ އިތުރުން، މިސްކިތްތައް މަރާމާތު ކުރުމަށާއި، މިސްކިތްތަކުގައި ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލަށް ދެ ޖިންސުން ދިވެހީން ބޭނުންވާ ކަމަށެވެ.

މުވައްޒަފުން ބޭނުންވާ މަގާމުތަކާއި އަދަދުތައް:

  • މޭސަން، 2 - މުސާރަ - 15,000 ރުފިޔާ
  • ވެލްޑާ، 2 - މުސާރަ - 15،000 ރުފިޔާ
  • ކާޕެންޓާ، 1 - މުސާރަ - 15،000 ރުފިޔާ
  • ޕްލަމްބާ، 1 - މުސާރަ - 15،000 ރުފިޔާ
  • އިލެކްޓްރިޝަން، 1 - މުސާރަ - 15،000 ރުފިޔާ
  • ޓެކްނީޝަން، 2 - މުސާރަ - 15،000 ރުފިޔާ
  • ސުޕަވައިޒަރު، 5 - މުސާރަ - 5020 ރުފިޔާ އަދި 1،500 ރުފިޔާގެ ސާވިސް އެލަވަންސް
  • ކައުންސިލް އެސިސްޓެންޓް (ފޮޅާ ސާފުކުރާ މީހުން)، 110 - މުސާރަ - 12،000 ރުފިޔާ
  • ކައުންސިލް އެސިސްޓެންޓް (މަރާމާތުކުރާ މީހުން)، 5 - މުސާރަ - 12،000 ރުފިޔާ
  • އެޑްމިން އޮފިސާ، 3 - މުސާރަ - 4،465 ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގައި 1،500 ރުފިޔާ

މި ވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން "ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކޮށް އެ ފޯމުގައި ބަޔާންކުރާ ލިޔެކިޔުންތަކާ އެކު ސިޓީ ކައުންސިލްގެ އެޗްއާރު ސެކްޝަނަސް ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދެއެވެ. މި ފޯމު ސިޓީ ކައުންސިލްގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާގެ އެޗްއާރު ސެކްޝަން، ހުޅުމާލެ ސެކްޝަން އަދި ފްލެޓް އެންޑް އެސެޓްސް މެނޭޖްމަންޓު ޔުނިޓުން ރަސްމީ ގަޑިތަކުގައި ލިބޭނެއެވެ.

ވަޒީފާއަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00ގެ ކުރިންނެވެ. ވަޒީފާތަކާ ބެހޭ އިތުރު މައުލޫމާތު ގެޒެޓުގައި ޝާއިއުކުރެވިފައިވެއެވެ.

comment ކޮމެންޓް