މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

މާޗް 25، 2021: ވެލާނާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓްރީން ހުޅުވައިލައިފިއެވެ.

މިކަމާއި ގުޅުގެން އެ މިނިސްޓްރީން ބުނީ އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެ ނޫން ވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށް އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

އަދި އެ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށް ޓަކައި އުފައްދާފައިވާ "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" އަލުން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް މިހާރު އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ގޮތުން އެ ބޯޑުގައި ބައިވެރިވާން ބޭނުންވާ ފަސް ދާއިރާގެ ޖަމިއްޔާ ޖަމާއަތްތަކަށާއި، ވަޒީފާ އަދައިކުރާ މީހުންނަށް އެ މިނިސްޓްރީގައި ނަން ނޯޓު ކުރަން ވަނީ ހުޅުވައިލައިފައެވެ. މި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ފަތުރުވެރި ކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމިއްޔާތަކުގެ ފަރާތުން
  • ކޮންސްޓްރަކްޝަންގެ ސިނާއާތުގެ ދާއިރާ ތަމްސީލުކުރާ ޖަމިއްޔާތަކުގެ ފަރާތުން
  • އަންހެން ވިޔަފާރިވެރިންގެ ދާއިރާ ތަމްސީލުކުރާ ޖަމިއްޔާތަކުގެ ފަރާތުން
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ ތަމްސީލުކުރާ ޖަމިއްޔާތަކުގެ ފަރާތުން
  • ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމިއްޔާތަކުގެ ފަރާތުން

މިނިސްޓްރީން ވަނީ ދާއިރާތަކުގެ ތެރެއިން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގައި މަސައްކަތްކުރަން ޝައުގުވެރިވާ މީހުން އެކަމަށް ޚާއްސަ ލިންކުން އަންނަ ހޯމަ ދުވަހުގެ 23:59 ގެ ކުރިން ފޯމު ފުރާ ހުށަހަޅަން އެދިފައެވެ.

comment ކޮމެންޓް